Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް ސަރަހައްދީ ތަރައްގީ މުހިއްމު: ރައީސް

ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް ސަރަހައްދީ ތަރައްގީ މުހިއްމު: ރައީސް
ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްގީއެއް ގެނައުމަށް ސަރަހައްދީ ތަރައްގީ މުހިންމު ކަމަށާއި ރާއްޖޭގެ ބޮޑެތި ސަރަހައްދުތައް ތަރައްގީކޮށް އެއްފަސްކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގއ. ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ, ކޮންމެ ރައްޔިތަކީ ވެސް އަދި ކޮންމެ ރަށަކީ ވެސް ސަރުކާރަށް މުހިންމު ބައެއް ކަމަށާއި އާބާދީ މަދުވުމަކުން ނުވަތަ ގިނަވުމަކުން ތަފާތެއް ނުކުރާނެ ކަމަށެވެ. ސަރަަހައްދީ ތަރައްގީއަށް ހިންގަންޖެހޭ ބޮޑެތި މަޝްރޫއުތައް ހިންގަން ޖެހޭ ކަމަށާއި ނަމަވެސް އޭގެ މާނައަކީ ކުދި އާބާދީތައް ބާކީކުރުން ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑަށް ހުރިހާ ރައްޔިތުން މުހިއްމު. އެއީ 100 މީހުންގެ އާބާދީއެެއްގެ ކުޑަ ރަށާއި 3000 މީހުން އުޅޭ ރަށާ ހަމަހަމަ" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ, 20 އަހަރުގެ ދުރުރާސްތާ ޕްލޭނަކާއެކު މި ސަރުކާރުގެ އަމާޒަކީ ވަކިވަކި ސަރަހައްދުތައް ތަރައްގީކޮށް, އެ ތަންތަނަށް ރައްޔިތުން އަމިއްލަ އިހުތިޔާރުގައި ހިޖުރަ ކުރުން ކަމަށެވެ. އޭރުން މީސްކޮޅު މަދު އާބާދީތަކުގެ މީހުން އެ ފަދަ ބޮޑެތި ސަރަަހައްދުތަކަށް ހިޖުރަކޮށް މަތީ ފެންވަރުގެ ދިރިއުޅުމެއް ހޯދަން މަގުފަހިވެގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ދުރު ރާސްތާއަށް މި ކުރެވޭ ކަމަކީ މި ދެންނެވި ކުދިކުދި ރަށްރަށުގެ ރައްޔިތުންގެ އިޚްތިޔާރުގައި އެ ތަންތަނަށް ހިޖުރަކުރާނެ. ކޮށް ސެޓަލްވާނެ. އެއީ އާމްދަނީގެ ގިިތުން ބެއްޔަސް ދެމެހެއްޓެނިވި ހައްލަކަށް ވާނެ" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރަހައްދީ ތަރައްގީއާ އެކު ވެސް ކޮންމެ ރަށެއްގައި، އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ހިދުމަތްތައް ކުރިއަށް ދާނެ އެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ އެ ރަށަކަށް ބޭނުންވާ ފުޓްބޯޅަ ދަނޑާއި ބަނދަރު ތަރައްގީ ކުރުން ފަދަ ކަންކަން ކުރިއަށް ދާނެ ކަމަށެވެ. ރައީސް ވިލިނގިއްޔަށް ކުރައްވާ ދަތުރުފުޅުގައި ވަނީ އެ ރަށުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އެ އެއާޕޯޓު އަޅަން ހަވާލުކުރީ ދުބާއީގެ އެންމެ އުސް އިމާރާތް، ބްރުޖު ހަލީފާ ހެދި ކުންފުނި ކަމަށްވާ ބެލްޖިއަމްގެ އެން ވީ ބޭސިކްސް އެސްއޭއާ އެވެ. ރީތި ޑިޒައިނަކަށް އަޅަން ނިންމާފައިވާ އެއާޕޯޓާ އެކު ގއ. އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަށް އިންވެސްޓްކޮށް ތަރައްގީކުރުން ވެސް އެ މަޝްރޫއުގައި ހިމެނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް