މާރިޗު 15 އިން ފެށިގެން ދަރިމައިވުމުގެ މައްސަލައަށް އާސަންދަ މެދުވެރިކޮށް ފަރުވާ ލިބޭނެ

ހަފްތާ14 މަގު ޗާޓުގެދަށުން، "އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު އާނމުކޮށްފިއެވެ.
މި އުސޫލުގެ ދަށުން އެހީއަށް އެދުމަށް 15 މާރިޗް 2024 އިން ފެށިގެން ހުޅުވާލުމަށް ވަނީ ހަމަޖެހިފައިއެވެ.
މިކަން ހާމަކޮށްފައިވަނީ އެންސްޕާއިން އެކްސްގައި ކުރި ޕޯސްޓެއްގައިއެވެ.
ދަރިމައިވުމުގެ މައްސަލައަށް ބޭނުންވާ ފަރުވާ މި ސްކީމުގެ ދަށުން ރާއްޖެއާއި ރާއްޖޭން ބޭރުންވެސް ލިބޭނެއެވެ.
އަދި ކުރިއަށް އޮތްތަނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތައް ރާއްޖޭގައި ފާޓިލިޓީ ކްލިނިކެއް ގާއިމުކުރެވިގެން ދާނެއެވެ.
ދަރިމައިވުމުގެ މައްސަލައަށް ފަރުވާލިބޭނެ ނިޒާމު ހަމަޖެހިގެން ދިޔުމުން އެތައް ބަޔަކަށް މި ނިޒާމުގެ ދަށުން ފައިދާވެގެންދާނެއެވެ.