މި މަސައްކަތުގެ ދަށުން މިވަގުތު އިސްކަންދެނީ ވެސްޓް ޕާކް ސަރަހައްދާއި އައިޖީއެމްއެޗް ސަރަަހައްދާއި ކަސްޓަމްސް ސަރަހައްދުގެ އިތުރުން މަޖީދީ މަގުގެ އެކި ހިސާބުތަކުގައި ހުރި ކާނުތައް ސާފުކުރުމަށެވެ.
ސިޓީ ކައުންސިލާއި އެމްޑަބްލިޔުއެސްސީ ގުޅިގެން ކާނުތައް ސާފުކުރުމުގެ މަސައްކަތް ފަށައިފި
![](https://dhen.mv/wp-content/uploads/2024/02/423105546_3512045602441617_8095119477246195918_n-1-850x548.jpg)
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ކާނުތައް ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ވެރިރަށް މާލެ ސިޓީގެ ކާނުތައް ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ސިޓީގެ ކައުންސިލާއި އެމްޑަބްލިޔުއެސްސީ ގުޅިގެންނެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ކާނުތައް ސާފުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތާ އެކު ވެސް ފެން ބޮޑުވުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށެވެ.
މާލޭގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލާއި އެމްޑަބްލިއުއެސްސީ ގުޅިގެން ކުރެވިދާނެ ކަންކަމުގައި މި ދެ އިދާރާ އިން ގެންދަނީ މަޝްވަރާކުރަމުންނެވެ.