ޚަބަރު

އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު ދުއްވާނެ މަދަނީ މީހުން ރާއްޖެ އައިސްފި

އައިކާ ޔުނާން ، ދެން އޮންލައިން

އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރު އުދުުއްސުމަށް މިހާރު އައްޑޫ ސިޓީގައި ތިބި އެގައުމުގެ ސިފައިންގެ ބަދަލުގައި ހެލިކަޕްޓަރު އޮޕަރޭޓު ކުރުމަށް އިންޑިއާގެ މަދަނީ ޓީމެއް މިއަދު ރާއްޖެ އައިސްފިއެވެ.

Ads by Hajj Corporation

ދިފާއީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ޓީމުން މިރޭގެ ވަގުތެއްގައި ހެލިކޮޕްޓަރު މަސައްކަތާ ހަވާލުވާން ފަށާނެ ކަމަށާއި އައްޑޫގައި ތިބި އެ ގައުމުގެ ސިފައިން އަންނަ މަހުގެ 10 އަކަށް ފައިބާނެ ކަމަށެވެ.

އައްޑޫގައި ތިބި އިންޑިއާ ސިފައިން ބަދަލުވުމުގެ މަރުހަލާގެ ތެރެއިން ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކޮޕްޓަރު، މަރާމާތަށް އިންޑިއާއަށް ގެންދިއުމަށް މާދަމާއިން ފެށިގެން ހެލިކޮޕްޓަރު ޓެސްޓު ފްލައިޓުތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ ބަދަލުގައި އިތުރު ހެލިކޮޕްޓަރެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެ ހެލިކޮޕްޓަރު ގެންނަ މަނަވަރު މާދަމާ އައްޑޫއަށް ދާނެ ކަަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

ދިފާއީ ވުޒާރާއިން އިތުރަށް ބުނީ, ލ. ކައްދޫއާއި ހދ. ހަނިމާދޫގައި ގާއިމް ކޮށްފައިވާ ސިފައިން ފޮނުވާލަން ހަމަޖެހިފައިވާ މެއި 10 ވަނަ ދުވަހުގެ ކުރިން އެކަން ވެސް ކުރާނެ ކަމުގެ ޔަގީން ކަން އޮތް ކަމަށެވެ.

ކައްދޫއާއި ހަނިމާދޫގައި ތިބި ސިފައިން ފޮނުވާލުމަށް ކުރަންޖެހޭ މަޝްވަރާތައް ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކުރާކަމަށް ވެސް ބަޔާނުގައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!