ޚަބަރު

ދައުވާ ލިބުނު މީހުން ސަލާމަތްވުމުން ކަންބޮޑުވޭ، ޖިނާއި އަދުުލުގެ ނިޒާމް ހަރުދަނާކުރާނަން: ސަރުކާރު

ޙައްވާ އިނާޝާ ، ދެން އޮންލައިން
ރ. މީދޫ ފެންފިޔާޒުގެ މުހައްމަދު އަނަސް

ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާކޮށް ކުށްކުރާ ފަރާތްތަކަށް ހައްގު އަދަބު ދ،ީ އިންސާފު ޤާއިމު ކުރުމަށް ކުރަން ޖެހޭ ކަންކަން ދައުލަތުގެ ކަމާގުޅުން ހުރި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by Sosun Fihaara

ސަރުކާރުން މިހެން ބުނެފައި ވަނީ ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާ އުފުލި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެ ކަމަށް އިޝާރާތްކޮށެވެ.

އެގޮތުން ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކުށްކުރާ ފަރާތްތައް ކުށަށް އަރައިގަތުން ހުއްޓުވައި އެ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް އެޅުމަކީ ދައުލަތުގެ ވަކި ބާރެއް އިސްތިސްނާނުވާފަދައިން އަދާކުރަންޖެހޭ މައްސޫލިއްޔަތެއްކަން ފާހަގަކޮށްފައެވެ.

ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްއަށް ތޫނު އެއްޗަކުން ހަމަލާދީ، އަނިޔާވެރި ގޮތަކަށް މަރާލާފައިވާ މައްސަލައިގައި އެ މައްސަލައިގެ ދައުވާ ރައްދުވި މީހުންނަށް އަދަބު ނުލިބުމަކީ ސަރުކާރުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން ވަނީ 7 ފަރާތެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައެވެ. ކްރިމިނަލް ކޯޓުން 25 ފެބްރުވަރީ 2024 ގައި ކުރި ހުކުމުގައި އަނަސް މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުކުރެވޭ އެއްވެސް ފަރާތެއްގެ މައްޗަށް އެ ކުށްކުރިކަން ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ. އެހެންކަމުން އަދުލު އިންސާފު ގާއިމުކުރާ މުއައްސަސާތަކާމެދުވެސް އިތުބާރު ކުޑަވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ މައްސަލައިގައ،ި އަނަސްއަށް ހަމަލާ ދީފައިވަނ،ީ އާންމުންގެ ތެރޭގައި ކަމަށް ވެފައ،ި އެހާ ހާމަކަން ބޮޑު ގޮތެއްގައި މީހެއްގެ ފުރާނައަށް ގެއްލުން ދިނުމުންވެސް އަދަބު ނުލިބި ދިއުމުން ގާނޫނުގެ ބާރު ނެގެހެއްޓުމަށް ހުރަސް އެޅޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިގޮތުން މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއ، ގާނޫގެ ބާރު ނެގެހެއްޓުމަށް ޖިނާއީ އަދުލުގެ ނިޒާމްގެ ތެރޭގައި ހިމެނޭ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން މިހާރު ވަނީ ފަށާފައި ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާކޮށް ކުށްކުރާ ފަރާތްތަކަށް ހައްގު އަދަބު ދ،ީ އިންސާފު ގާއިމުކުރުމަށް ކުރަން ޖެހޭ ކަންކަން ދައުލަތުގެ ކަމާގުޅުން ހުރި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުގެ ޝަރީއަތް ނިމުނުގެ ގޮތުގެ ރިޕޯޓު ލިބުމުން އެ މައްސަލައިގައި އިތުރަށް އަޅާނެ ފިޔަވަޅުތައް ނިންމަވާނެކަމުގެ ޔަގީންކަން ޕްރޮސިކިއުޓާ ޖެނެރަލް ދީފައިވާ ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!