Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހަތަރު މަހުން އަތުލައިގަތް 300 އަށްވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފި

ހަތަރު މަހުން އަތުލައިގަތް 300 އަށްވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާތަކެތީގެ ތެެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން މި މަހު ނައްތާލާފައިވަނީ 362 ފުޅި ބަނގުރަލާއި 514 ދަޅު ބިޔަރު ކަމަށެވެ.

އެތަކެއްޗަކީ މ އިން މި އަހަރުގެ ޖަނަވަރީ މަހުގެ ނިޔަަލަށް ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.

Advertisement
HDC — Sidebar (box)

ބަނގުރާ ނައްތާލުން ކުޑަހުވަދޫ ޕޮލިސް ސްޓެޝަނުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް