ޚަބަރު

މަޖިލީސް އިންތިހާބު އޮންނާނީ އޭޕްރީލް 21 ގައި

އަލީ ސަމާޙް ، ދެން އޮންލައިން
އިލެކްޝަން ކޮމިޝަންގެ އިދާރާ/ ފޮޓޯ: ދެން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ކަނޑައަޅައިފިއެވެ.

Ads by STELCO

ކުރިން އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ކަނޑައަޅާފައިވާ އިންތިހާބު އެ ތާރީހަށް ބަދަލުކޮށްފައި މިވަނީ ރޯދަ މަހު އިންތިހާބުތައް ބޭއްވުން މަނާވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ގެނައި ބަދަލުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ތަސްދީގު ކުރެއްވުމުންނެވެ.

އެހެންވެ މިރޭ އީސީން ބޭއްވި ބައްދަލުވުމެއްގައި އިންތިހާބު އޮންނާނެ ތާރިހު ވަނީ ކަނޑައަޅާފައެވެ. އިލެކްޝަން ކޮމިޝަނުން ބުނީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ 17 ވަނަ ދުވަހުގެ ހެނދުނު އަށަކުން ހަވީރު ހަތަރެއްގެ ނިޔަލަށް ކަމަށެވެ.

ރަސްމީ ނަތިއްޖާ އިއުލާނުކުރާނީ އޭޕްރީލް 28 ގައެވެ. އެ ކޮމިޝަނުން ބުނީ ތާރީހަށް ގެނެވުނު ބަދަލާ ގުޅިގެން 560 ޒުވާނުންނަށް އަލަށް ވޯޓުލުމުގެ ހައްގު ލިބިގެންދާ ކަމަށެވެ.

އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ''ދެން'' އަށް މިރޭ ވިދާޅުވީ މިއައި ބަދަލުތަކާއި އެކު އަލުން ރީ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. ވަކީ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

އީސީން ހާމަކޮށްފައިވާ ގޮތުން މި ފަހަރުގެ އިންތިހާބުގައި 368 ކެނޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި  41 އަންހެން ކެނޑިޑޭޓުން ހިމެނެއެވެ.

އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް އީސީން ވަނީ ފަށާފައެވެ. މިހާތަނަށް 381 އޮފިޝަލުން ތަމްރީން ފުރިހަމަކޮށްފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.

މިރޭ ކަނޑައެޅި ތާރީހާ އެކު އަލުން ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލާނެއެވެ. އިންތިހާބުގެ ކެމްޕޭނު ރަސްމީކޮށް ފަށާފައިވަނީ އިދިކޮޅު އެމްޑީޕީން އެކަންޏެވެ. މި ފަހުން އެ ޕާޓީގެ މަޖިލީސް ކެމްޕޭނު ލޯންޗުކޮށްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!