ޚަބަރު

ރަސްމީ ބައްދަލުވުމެއްގައި ރައީސް ކެމްޕޭނުކުރެއްވި ކަމަށް ބުނެ ކެނދިކުޅުދޫ ކައުންސިލްގެ ބަޔާނެއް

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް ކެނދިކުޅުދޫގައި، ސަރުކާރު ކެނޑިޑެޓް އަފޫއާ ސަލާމްކުރައްވަނީ

ރައީސް ޑރ މުހައްމަދު މުއިއްޒު ނ. ކެނދިކުޅުދޫ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ރަށު ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ސިޔާސީ ހަރާކާތެއްގެ ގޮތުގައި ސިފަވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ނިސްބަވްތާ ޕާޓީއަށް ތާއިދު ހޯއްދެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ ކައުންސިލުން ދިގު ބަޔާނެއްގެ ނެރެފިއެވެ.

Ads by Hajj Corporation

ކެނދިކުޅުދޫ ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވަނީ ޕީއެންސީގެ ރެޖިސްޓްރާ އަފޫ ހާމިދުއެވެ.

ރައީސް، އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެނދިކުޅުދޫ އަށް ވަޑައިގެންނެވީ ހުސްވި ބުރާސްފަތި ދުވަހުއެވެ. އިދިކޮޅު އެމްޑީޕީއަށް ނިސްބަވްތާ މެމްބަރުން ހިމެނިވަޑައިގަންނަވާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނީ ރައީސް، ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ޒިޔާރަތްކުރައްވާތީވެ ރައީސް އޮފީހުން އަންގައިގެން އެ ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށެވެ. ބަޔާނުގައިވާ ގޮތުންނަމަ ރައީސް ރަށަށް ފައިބައިވަޑައިގަތުމަށް ފަހު ރަށުގެ ރައްޔިތުންނާ މުހާތަބު ކުރުމަށް ބޭއްވި ހަފްލާގެ އެންމެހައި އިންތިޒާމެއް ހަމަޖެއްސީވެސް ކައުންސިލުންނެވެ.

އެހެން ނަމަވެސް، އެ ހަފްލާގެ ވަކި ހިސާބަކުން ރައީސް އާއި އެމަނިކުފާނުގެ ކެބިނެޓުގެ ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުގެ މިސްރާބު ބަދަލުވެގެންދިޔައީ، ސިޔާސީ ޕޯޑިއަމެއްގައި، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ސިޔާސީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ދެއްކެވި ވާހަކަފުޅަކަށް

ކައުންސިލުން ބުނީ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކޮށް އެ މަގާމަށް ހޮވިވަޑައިގެންފައިވާ ފަރާތަކަށް ވާތީ، އެ މަގާމު ފުރުއްވުމުގައި ވަކި ޕާޓީއެއް ޕްރޮމޯޓްކޮށް ސިޔާސީ ގޮތުން އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ އޭގެ ޒާތުގައި ގާނޫނަކުން މަނާ ކޮށްފައިވާ ކަމަކަށް ނުވިޔަސް އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި، ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާތައް ބޭނުންކުރުމަކީ ކަނޑައެޅިގެން މަނާ ކަމެއް ކަމަށެވެ. އެހެންވެ ކައުންސިލުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

Ads by Allied Insurance
  1. ޢައިސަތު

    މިއިން މިއެގުނީ ނ. ކެދިކުޅުދޫ ކައުންސިލުގައި ތިބީ ވަރަށް އިޚްލާސްތެރި ބައެއްކަން. ހެއްހެއްހެއް

  2. މޮޔަގަމާރު ބައެއްދޯ މިއީ ، ތިމީހުން ނިސްބަތްވާ ރައީސް ކަނކުރެއްވި އިބޫ ރައްރަށައްގޮސް ކުރީ ކޮންކަމެއް ، ޕާރޓީގެ ވާހަކަ ނުދައްކާތަ ، ނޫނީ ތިމީހުން ރީދޫ ކުލާގެ ރައްޔިތުންނަށް ޚިދްމަތްކުރަން ތިތިބެނީ ކިޢްވެ ، މިނިވަން މިންބަރުންގެ ގޮތުގައި ތިބެންވީނު

  3. ނާބެހަފީޒް

    ބަޔާން ނެރެނެރެ ތިބެން ޖެހޭނީ ކުރެވޭނެކަމެއް ނޯންނާނެ.ކައުންސިލް ތީ ސަރުކާރާ އިދިކޮޅު ބަޔާންނެރެން ޖެހޭބައެއްނޫން. ކުނިކޮތަޅު އުކާލަން އުފއްދާފަ އޮތް މުނިސިޕަލް ޚިދުމަތްދޭންޖެހޭތަނެއް ސިޔާސީ ވެގެން ބަޔާންނެރެންޖެހޭތަނެއްނޫން ސައިޒް އޮޅިގެން ތިއުޅެނޭ

    • ކައުންސިލްތަކަކީ ކުނިކޮތަޅު އުފައްދައިފައި އޮތްތަނެއްނޫން. ކައުންސިލަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބޭ ބައެއް.ތިޔަތިބި އައްޔަންކޮށްފައިތިބޭމިނިސްޓަރުންނަށްވުރެ މެންޑޭޓް ބޮޑު ބައެއް