Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފުރަތަމަ ދުވަހުން ފެށިގެން ވެސް ރައީސް ފާހަގަވެފައިވަނީ ރައްޔިތުން ދެކެ ލޯބިވާ ބޭފުޅެއްގެ ގޮތުގައި: ޒައިދު

ފުރަތަމަ ދުވަހުން ފެށިގެން ވެސް ރައީސް ފާހަގަވެފައިވަނީ ރައްޔިތުން ދެކެ ލޯބިވާ ބޭފުޅެއްގެ ގޮތުގައި: ޒައިދު

ފުރަތަމަ ދުވަހުން ފެށިގެން ވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާހަގަވެފައިވަނީ ރައްޔިތުން ދެކެ ލޯބިވާ ބޭފުޅެއްގެ ގޮތުގައި ކަމަށް ދީނީ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިފަދައިން ވިދާޅުވީ ރަމަޟާން މަހު ކަރަންޓާއި ފެންބިލް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމަވައި، އެކަން ރައީސް އިއުލާނުކުރެއްވުމާއި ގުޅިގެންނެވެ.

ރޭ ބ. އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ރަމަޟާން މަހު ފެން ބިލާއި ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުންނަށް ތަކުލީފު ބޮޑުވާ ކަމަށެވެ. ނަމަވެސް، މިފަހަރު ފެންބިލާއި ކަރަންޓު ބިލު އިތުރަށް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

މިކަމާއި ގުޅިގެން ޒައިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި ރައީސް މުޢިއްޒަކީ ރައްޔިތުން ދެކެ ލޯބިވާ ބޭފުޅެއް ކަމަށެވެ.

"ފުރަތަމަ ދުވަހުން ފެށިގެން ވެސް ރައީސް މުޢިއްޒު ފާހަގަވެފައިވަނީ ރައްޔިތުން ދެކެ ލޯބިވާ ބޭފުޅެއްގެ ގޮތުގަ. ކަންކަން އިސްލާހު ވާނީ ކަންކަން އިސްލާހު ކުރަން އުޅުނީމަ. އެ މަގު އޭރުނަ ތަނަވަސް ވާނެ" ޒައިދު ވިދާޅުވިއެވެ.

ފެންބިލާއި ކަރަންޓު ބިލާއި ގުޅޭގޮތުން އިތުރަށް ރައީސް ވިދާޅުވީ ސްޓެލްކޯއާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީއާ ވެސް މިކަމުގެ މަޝްވަރާތައްކޮށް، އެ ކުންފުނިތަކުގެ ވެރިން އެކަމަށް އެއްބަސްވެފައި ވާކަމަށެވެ. މި ނިންމުމާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ރައީސަށް ތަޢުރީފްކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް