Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގަޑި ހަމަވެއްޖެ، ކެނދިކުޅުދޫ ކައުންސިލުގެ ބަޔާން ބާތިލެއްނުކުރި!

ގަޑި ހަމަވެއްޖެ، ކެނދިކުޅުދޫ ކައުންސިލުގެ ބަޔާން ބާތިލެއްނުކުރި!

އަތޮޅުތަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. ކެނދިކުޅުދޫ އަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން އެ ރަށު ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުމަށް އިޖާބަނުދޭން ކައުންސިލުން ނިންމާފައިވާކަން ހާމަވެއްޖެއެވެ.

ރައީސް، ކެނދިކުޅުދޫ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ރަށު ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިފަވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ނިސްބަވްތާ ޕާޓީއަށް ތާއިދު ހޯއްދެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީގެ މެމްބަރުން ހިމެނޭ ކައުންސިލުން ވަނީ ބަޔާނެއް ނެރެފައެވެ.

އެެހެންވެ 'މަސްއޫލިއްޔަތުން' ބޭރުން ނެރެފައިވާ ނޫސްބަޔާން ބާތިލުކޮށް މިއަދު މެންދުރު ދޭއްގެ ކުރިން އެކަން އެންގުމަށް ކައުންސިލުގެ ބެލެނިވެރިފަރާތް ކަަމަށްވާ އެލްޖީއޭއިން އަންގާފައިވެއެވެ. އަދި އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށްވެސް އެލްޖީއޭ އިން ވަނީ ކައުންސިލަށް އަންގާފައެވެ.

Advertisement
Ooredoo — Square (box)

ނަމަވެސް މިއަދު ދޭއް ޖެހުމާ ހަމަޔަށް، ދިން ވަގުތު ފާއިތުވެގެން ދިޔައިރުވެސް އެލްޖީއޭއަށް އެކަން އަންގާފައިނުވާ އެ އޮތޯރިޓީގެ ސީއީއޯ ޑރ މަރިޔަމް ޒުލްފާ ވަނީ ''ދެން'' އަށް ކަށަވަރުކޮށްދީފައެވެ.

ޒުލްފާ ވިދާޅުވެފައިވާ ގޮތުންނަމަ ރައީސް އަށް އިހުތިރާމުުކުރުމަކީ ގާނޫނޫ އަސާސީން ކައުންސިލްތަކަށް ލާޒިމުކުރާ ކަމެއް ކަމަށެވެ. ޒުލްފާ އިޝާރާތް ކުރެއްވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިިންގުމުގެ 131.3 ވަނަ މާއްދާގެ ނ އަށެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލް މެންބަރުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި، ކޮންމެ ފަރާތެއްގެ އިއްޒަތާއި ކަރާމާތަށާއި އެމީހަކަށް ރާއްޖޭގެ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.

މި މައްސަލައިގެ ތެރެއަށް ވަދެ އެމްޑީޕީންވެސް އިއްޔެ ބަޔާނެއް ނެރުނެވެ. އެ ޕާޓީން ބުނީ މި ސަރުކާރުން އުޅެނީ މިދިޔަ ސަރުކާރުގައި ކައުންސިލުތަކަށް ދިން ގާނޫނީ ބާރުވެރިކަމަށް ހުރަސްއަޅަން ކަމަށެވެ. ބަޔާން ބާތިލުކުރަން އެންގި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލާނެ ކަމަށް އެމްޑީޕީގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު (ނިޔާ) ވަނީ އިއްޔެ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް