Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތްދެމުން އަންނަ ކުންފުނި ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް 10 މާރޗް 2024 ވާ އާދީއްތަ ދުވަހު (މާދަމާ)ގެ މެންދުރު 14:00 އިން 17:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެގޮތުން މި ވަގުތުގައި ގަލޮޅު މަޖީދީމަގާއި، ދަނބުރުއްމަގު، ރަށްދެބައިމަގު، ރަތްވިލާގޯޅި އަދި އަލިކިލެގެފާނު މަގު ހިމެނޭ ސަރަހައްދުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

Advertisement
Allied — Dhen Online (box)

އެހެން ކަމުން މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސަރަހައްދުން ދޭތެެރެ ދޭތެރެއިން އަންނަނީ ކަރަންޓު ކަނޑަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް