އެސްކްރޯ މައްސަލާގައި ބޭންކަށް ދައުވާ ނުކުރެވޭނެ ކަމަށް ބުނެ ހައި ކޯޓަށް
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން ސޮއިކުރެއްވި އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާނުކޮށްދީ ހިފެހެއްޓުމުން ސިވިލް ކޯޓަށް ޔާމީން ހުށަހެޅުއްވި މައްސަލަ ނުބެލޭނެ ކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
އެ ބޭންކުން ސިވިލް ކޯޓުގައި ބުނީ އެ ބޭންކަކީ އެ މައްސަލައިގެ ބައިވެރިޔެއް ނޫން ކަމަށެވެ. އަދި އޭސީސީން އެދިގެން އެ ފައިސާ ޖަމާކޮށްފައިވަނީ އެ ކޮމިޝަނުގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލް ކަރަންޓު އެކައުންޓަކަށް ކަމަށްވާއިރު އެ ދައުވާ ރައްދު ވާން ޖެހޭނީ ހަމައެކަނި އޭސީސީއަށް ކަމަށް ބޭންކުން ބުންޏެވެ.
މި ވަގުތު ގޭބަންދުގައި ހުންނެވި ޔާމީންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ އެ ފައިސާ ބޭންކުން ހިފެހެއްޓީ އެކްސްކްރޯ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި އޭގެ ސަބަބުން ލިބުނު ގެއްލުމަށް ބަދަލެއްގެ ގޮތުގައި އެ ފައިސާއާއެކު އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓުގައި ބެހެއްޓިނަމަ ޔާމީނަށް ލިބިވަޑައިގަންނަވާނެ ކަމަށް އަންދާޒާ ކުރެވޭ އަދަދުގެ ފައިސާ ދިނުމަށް އެންގުމަށެވެ.
އެ ނިންމުންހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާކަން އެ ކޯޓުގެ ރަޖިސްޓްރީން ދައްކާއިރު މައްސަލަ ހުށަހެޅީ މިދިޔަ ބުދަ ދުވަހުގައެވެ. ހައިކޯޓުން، އެ މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި، ދެ މުއާމަލާތެއްގެ ތަހުގީގު ނިންމައި ޔާމީންގެ މައްޗަށް ދައުވާކޮށްފައިވެއެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލާގައި ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ.
ފައިސާ ފައިސާ ފައިސާ. ޔާމީން އަދިވެސް ބޭނުންވަނީ ފައިސާ.
ފައިސާބޭނުންނުވަނީކާކުތޯ؟ ތަފާތުގޮތްގޮތަށްހުކުްއަންނަނީ ފައިސާބޭނުންނުވާތީތޯ؟