ޚަބަރު

މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް

އަލީ ސަމާޙް ، ދެން އޮންލައިން
ހަނދު ސާބިތުކުރުމުގެ ޖަލްސާގެ ތެރެއިން

މި އަހަރު ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި އިސްލާމިކް މިނިސްޓްރީއިން އިއުލާންކޮށްފިއެވެ.

Ads by Sosun Fihaara

ކޮންމެ އަހަރެކޭ އެއްގޮތަށް، މިއަހަރުވެސް ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ އަށް ފަހު، މާދަމާ (މާޗް މަހުގެ 11) ވަނަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅައި އެކަން ވަނީ އިއުލާންކޮށްފައެވެ.

އެހެން ނިންމީ ރަމަޝާން މަހުގެ ހަނދު ދިވެހިރާއްޖެއާ އިސްލާމީ ބައެއް ގައުމުތަކަށް ފެނުނުކަން ސާބިތުވެފައިވާތީއެވެ.

ރާއްޖޭގައި ހަނދު ސާބިތުކުރުމަށް ގެންގުޅޭ އުސޫލަކީ، ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ފެނިއްޖެ ނަމަ، އެކަން އެރަށު ކޯޓު މެދުވެރިކޮށް އެކަން އެންގުމެވެ. އަދި އިސްލާމީ އެހެން ގައުމުތަކަށް ހަނދު ފެނޭތޯވެސް ބަލައެވެ. އެގޮތުން، ސައުދީ އަރަބިއްޔާ ފަދަ ބޮޑު ގައުމަކަށް ހަނދު ފެނިއްޖެނަމަ، އެ ކަންކަމަށްވެސް ބަލައެވެ. މާދަމާ އަކީ ސައުދީގައި ރޯދަ މަހުގެ ފުރަތަމަ ދުވަސްއެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހު ސަރުކާރުގެ ހުރިހާ އޮފީހެއް ބަންދުވާނެއެވެ. ރޯދަމަހު ސަރުކާރުގެ އޮފީސްތައް ހުޅުވާފައި ހުންނަނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުން ރޯދަ މަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން ދަންވަރު 3:00 ޖަހަންދެނެވެ. ޝައްވާލު މަހުގެ ފުރަތަމަ ހަފްތާގައި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން ފެށިގެން ދަންވަރު 3:00 އަށް ކަމަށް މިނިސްޓްރީން ކަނޑައަޅާފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!