ޚަބަރު

އަބްދުއްރަހީމަށް ތުހުމަތުތަކެއް ކުރައްވަމުން ޖަމީލް ވިދާޅުވީ އޭނާއަކީ ވަރަށް "ޓޮކްސިކް" މީހެއް ކަމަށް

ރައުފާ ރަޝީދު ، ދެން އޮންލައިން
ޑރ. މުހައްމަދު ޖަމީލް އަހުމަދު.. ދެން އިމޭޖްސް

ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަކީ ވަރަށް "ޓޮކްސިކް" ބޭފުޅޭއް ކަމަށް ވިދާޅުވެ ޕީއެންސީ/ޕީޕީއެމް ދޫކޮށްލައްވައި އާ ސިޔާސީ ޕާޓީއެއްގެ މަސައްކަތުގައި ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

Ads by MWSC

އަދަދު ނޫހުގެ "އެއްޗެއް ކަޅެއް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖަމީލު ވިދާޅުވީ އަބްދުއްރަހީމްގެ ފޯކަސް ހުންނަނީ އެއް ކަމަކަށް ނޫން ކަމަށެވެ. އޭނާއަކީ އެއް ތަނެއްގައި މަސައްކަތްކޮށްގެން ކުރިޔަށްދާން ބޭނުންވާ މީހެއް ނޫން ކަމަށާއި "ޓޮކްސިކް" މީހެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

"އަދުރޭގެ އިންޓްރެސްޓް މި ހުންނަނީ ކޮންމެހެން އެއް ކަމަކަށް ނޫން. އަދުރޭ އަކީ އަބަދުވެސް ވަރަށް ޓޮކްސިކް މީހެއް" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ތުހުމަތުކުރެއްވި ގޮތުގައި އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިންގުމުގައި އިސްކޮށް ހުންނެވި އަހުމަދު އަދީބު "ބޮލަށް ވަދެގެން" މައްސަލަ ބޮޑު ކުރުމުގެ އަޑީގައި ހުރީ ވެސް އަބްދުއްރަހީމެވެ.

"އެންމެ ފުރަތަމަ ކަމަކަށް އަހަރެން ބޭރު ކޮށްލަން އަދީބަށް އިރުޝާދުދީގެން އެ މައްސަލަ އަދީބު ލައްވާ ފަށައިގަތީ ހަމަ އަދުރޭ" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އަބްދުއްރަހީމަކީ އަބަދުވެސް ފައިސާއަށް އުޅޭ މީހެއް ކަމަށެވެ. އެނޫން އެއްވެސް ކަމެއް އޭނާއަށް ނުވިސްނޭނެ ކަމަށާއި އަދީބުގެ ފަހަތުގައި މަސައްކަތް ކުރީވެސް ފައިސާގެ ދަހިވެތިކަމުގައި ކަމަށް ނުސީދާކޮށް ޖަމީލް ވިދާޅުވިއެވެ.

އަމިއްލައަށް ފެނިގެން ސިޔާސީ އެއްވެސް މަސައްކަތެއް އަބްދުއްރަހީމް މިހާތަނަށް ކޮށްފައިނުވާ ކަން ފާހަގަކޮށް ޖަމީލް އިތުރަށް ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްއާއެކު އުޅުނުއިރު ވެސް ކަންތައްތައް ކުރެއްވި "ވަގަށް" ކަމަށެވެ.

"އޭނަގެ ކަމަކީ އިވެންޓުތައް އޯގަނައިޒް ކުރުމުގަ ކުންފުނިތަކުން ލިބޭ ކަޓުތަކާ އަދި ޕާޓީ އޮފީހަށް ސިގިރޭޓް ކާޓޫނެއް ގަތިއްޔާ އޭގެ ދެބައިކުޅަ އެއްބައި ހިފައިގެން ގެއަށް ދިޔުމާ, އެތާހުންނަ ފެން ކޭސް ހިފައިގެން ދިޔުމާ. މިއީ ހަގީގަތުގަ ކަންތައްތައް ހިނގާފަ ހުރި ގޮތް" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވި ގޮތުގައި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތަށް އަރައި މުޅި އެތި "ޖަހައިގަތީ" ވެސް އޭނާއެވެ. އަބްދުއްރަހީމް ހުރެގެން މުޢިއްޒަށް ގެއްލުންވާނެ ތޯ އެއްސެވުމުން ޖަމީލް މިސާލު ނެންގެވީ އަބްދުއްރަހީމަކީ ފެން ނެތް ކާއްޓެއްގެ ގޮތުގައެވެ. އެތެރެފުށުން އެއްވެސް ކަމެއް ނެތް މީހެއްގެ ގޮތުގައެވެ. މުޢިއްޒުގެ ފަހަތުގައި ވެސް އޭނާ ހުންނަވަނީ ފައިސާގެ ދަހިވެތިކަމަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.

Ads by HDC
  1. އައުޓް

    ޓިނުވަގޭ އަދުރޭ އައުޓް މުއިއްޒު އައުޓް އިންޑިއާ އައުޓް ޓިނުވަގޭ އަދުރޭ އައުޓް މުއިއްޒު އައުޓް އިންޑިއާ އައުޓް ޓިނުވަގޭ އަދުރޭ އައުޓް މުއިއްޒު އައުޓް އިންޑިއާ އައުޓް ޓިނުވަގޭ އަދުރޭ އައުޓް މުއިއްޒު އައުޓް އިންޑިއާ އައުޓް ޓިނުވަގޭ އަދުރޭ އައުޓް މުއިއްޒު އައުޓް އިންޑިއާ އައުޓް ޓިނުވަގޭ އަދުރޭ އައުޓް މުއިއްޒު އައުޓް އިންޑިއާ އައުޓް ޓިނުވަގޭ އަދުރޭ އައުޓް މުއިއްޒު އައުޓް އިންޑިއާ އައުޓް ޓިނުވަގޭ އަދުރޭ އައުޓް މުއިއްޒު އައުޓް އިންޑިއާ އައުޓް ޓިނުވަގޭ އަދުރޭ އައުޓް މުއިއްޒު އައުޓް އިންޑިއާ އައުޓް ޓިނުވަގޭ އަދުރޭ އައުޓް މުއިއްޒު އައުޓް އިންޑިއާ އައުޓް

  2. އަލިބިޔާއްކަލޯ

    ޖަމީލު ވިދާޅުވިޔަސް ތެދެއްވާނީ ހަމަތެދައް އަދި ރައީސް ޔާމީން މަރާލަން އުޅުނު ޓީމްގެ އެކަތި އެއީވެސް.