ޚަބަރު

ސުޕްރީމް ކޯޓުން ނުކުރާތީ, ކޯރަމާގުޅޭ މާއްދާ ބާތިލްކުރަން މަޖިލީހަށް ހުށަހަޅައިފި

އައިކާ ޔުނާން ، ދެން އޮންލައިން

ސަރުކާރުގެ މަގާމުތަކަށް ދާން މެމްބަރުކަމުން އިސްތިއުފާ ދިން މެމްބަރުންގެ ގޮނޑިތައް ނުހިމަނައި މެންބަރުން ޖުމްލަ އަދަދު ގުނުން ގޯސް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިނަމަވެސް, އެ މާއްދާ ބާތިލް ނުކުރާތީ ސުޕްރީމް ކޯޓުން އެ މައްސަލަ ބާތިލް ކުރަން މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by MWSC

ބާތިލް ކުރަން ހުށަހެޅި މާއްދާގައި ބުނަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް ބާއްވަން ހަ މަހަށް ވެފައި އޮއްވައި (ބައި-އިލެކްޝަނެއް ނުބޭއްވޭނެ ހާލަތުގައި) އެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ މެންބަރުންގެ ޖުމުލަ އަދަދު ގުނާނީ ހުސްވި ގޮނޑިތައް ނުހިމަނާ ކަމަށެވެ.

މި މާއްދާއަކީ ސުޕްރީމް ކޯޓަށް ބާތިލްކުރަން ހުށަހެޅި 49 ވަނަ މާއްދާގެ ތިން މާއްދާ ބާތިލްކުރުމަށް ފަހު ގަވައިދަށް ގެނައި އިސްލާހެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ މާއްދާ އެގޮތަށް އޮތްހާ ހިނދަކު ޖަލްސާތައް ކުރިއަށް ގެންދަން ހުރަސް އެޅޭތީ, އެ މާއްދާ އުނިކުރަން ހުށަހަޅައިފައެވެ.

އަސްލަމް ވިދާޅުވީ، 49 ގައި ކުރިން ހިމެނުނު މާއްދާތަކަކީ ގާނޫނު އަސާސީ 278 ރޫހާ ހިލާފު މާއްދާތަކެއް ކަމަށް ނިންމާފައިވާއިރު، އޭގެ ފަހުން 242 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ މަފްހޫމަކީ ވެސް އެއް ނަތީޖާއެއް ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް ފެށޭނީ، ކޯރަމްއަކަށް ބެލުމަށްފަހުކަމަށާއި އަހަން ޖެހޭ މުހިންމު ވޯޓުތަކަށް ދެވެން އޮތީ ވެސް އެއަށް ފަހު ކަމަށާއި އެހެންކަމުން ދެން ގަވައިދާ މެދު ގޮތެއް ނިންނަން ކޮމިޓީއަކަށް ފޮނުވާނީ ތޯ ނިންމައިދޭން އަސްލަމް ތަކުރާރުކޮށް ވިދާޅުވިއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!