Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެކްސިޑެންޓްވުމުން ފިލި ބަޔަކު ހޯދަނީ

އެކްސިޑެންޓްވުމުން ފިލި ބަޔަކު ހޯދަނީ

ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހި އެކްސިޑެންޓުވުމުން، ރިޕޯޓުނުކޮށް ފިލި ބަޔަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ.

ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަނީ 'ފިނޯ' ސައިކަލެއްގައި ދުއްވާފައި ދިޔަ ޒުވާން ދެ އަންހެން ކުދިން، މަގުގެ އެއްކައިރީގައި ޕާކުކޮށްފައި އޮންނަ ކާރެއްގައި ޖެހި އެކްސިޑެންޓުވި މަންޒަރެވެ.

އެކްސިޑެންޓު ހިނގި ވަގުތު އެ ސަރަހައްދަށް މީހުން އެއްވާ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ. އޭގެ ފަހުން ފެންނަނީ ރިޕޯޓުނުކޮށް، ވެއްޓުނު ސައިކަލު ނެގުމަށް ފަހު އެ ސަރަހައްދު ދޫކޮށް ދާ މަންޒަރެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/PoliceMv/status/1767451051370668145

އެ އެކްސިޑެންޓު ހިނގީ ކޮން ސަރަހައްދެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. މި މައްސަލަ ތަހުގީގުކުރަނީ ހުޅުމަލޭ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނުންނެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ، ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ގުޅައި އެކަން ހިއްސާކުރުން އެދޭކަމަށެވެ.

"މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ." ފުލުހުން ބުނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް