ޚަބަރު

އެއާ އެމްބިއުލާންސުން 25 އަށްވުރެ ގިނަ މެޑިކަލް ދަތުރުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން

މި މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި މުޅިން އަލަށް އެއާ އެމްބިއުލާންސްގު ހިދުމަތްދޭން ފަށާފައިވާއިރު މިހާތަނަށް އެމެޖެންސީގައި 25 އަށްވުރެ ގިނަ ދަތުރުކޮށްފައިވާ ކަމަށް ގައުމީ އެއާލައިން މޯލްޑިިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

Ads by Sosun Fihaara

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށީ ޑޭސް-8 މަރުކާގެ މަތިންދާ ބޯޓެއް އެއާ އެމްބިއުލާންސަށް ބަދަލުކުރުމަށް ފަހުއެވެ. އެ ބޯޓުގައި އެއްފަހަރާ ދެ ބަލި މީހުން އުފުލޭއިރު އެއާ އެމްބިއުލާންސަށް ހާއްސަކޮށް 15 މުވައްޒަފުން ވަނީ ތަމްރީން ކޮށްފައިވެއެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނެއެވެ.

މިއަދު، ޑީއެޗްއެސްސީ-6 ޓްވިޓް އޮޓާ މަރުކާގެ ސީޕްލޭނެއް އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން ފަށާނެއެވެ. ބަލި މީހުން އުފުލަން ހާއްސަކޮށް އެތެރޭގައި ބަލި މީހުންނަށް ފަރުވާ ދިނުމުގެ ހިދުމަތާ އިމަޖެންސީގައި ބޭނުންކުރާ ގިނަ ވަސީލަތްތަކެއް މި ސީޕްލޭންގައިވެސް ގާއިމްކޮށްފައި ވާނެއެވެ.

''މިއަދާ ހަމައަށް އެއާ އެމްބިއުލާންސް ކޮށްގެން 25 އަށްވުރެ ގިނަ މެޑިކަލް ދަތުރުވަނީ ކޮށްފައި'' މޯލްޑިވިއަން ހިންގާ އައިިލެންޑް އޭވިއޭޝަން (އައިއޭއެސް) މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ. އެކަމަކު އެ ދަތުރުތަކުގެ ތަފްސީލެއް ހިއްސައެއް ނުކުރެއެވެ.

އައިއޭއެސް އިން ބުނީ އެއާ އެމްބިއުލާންސުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ހެލްތް މިނިސްޓްރީއާ އާސަންދަ އާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކަމަށެވެ.

ސީޕްލޭން އެމްބިއުލާންސުގެ ހިދުމަތް ފެށުންވެގެން ދާނީ ރައްޔިތުންނަށް ސިއްހީ ގޮތުން ލިބިގެންދާނެ ބޮޑު ހިދުމަތަކަށް ކަމަށްވެސް ބަޔާނުގައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!