ސަރުކާރު ވައްޓާލަން ޖެހުނީމަ ވައްޓާލާން ޖެހޭނެ ކަމަށް އިންޒާރު ދީފި
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ވައްޓާލަން ޖެހިއްޖެނަމަ ވައްޓާލަން ޖެހޭނެކަމުގެ އިންޒާރު އިދިކޮޅު އެމްޑީޕީން މިރޭ ދީފިއެވެ.
އެ އިންޒާރު ދިނީ، އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ ފަތުހުﷲ ޖަމީލުގެ ކެމްޕެއިން ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒު އިސްމާއިލެވެ.
ފައްޔާޒު ވިދާޅުވީ ގާނޫނީ ގޮތުންނާ ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ގައުމު ހަމަ މަގުގައި ހިފަހައްޓަން ކުރަންޖެހޭ މަސައްކަތްކުރުމަކީ އެމްޑީޕީގެ ބޮލުގައި މިއަދު އެޅިފައިވާ ޒިންމާއެއް ކަމަށެވެ. އަނިޔާވެރި، ފުދުންތެރިކަން ނެތް ގައުމަކަށް އަނބުރާ ދާން ޖާގަ ދެވެން ނެތް ކަމަށް ވިދާޅުވިއެވެ.
އެކަން ހުއްޓުވަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށާއި، ސަރުކާރުން ބޭނުންހާ ގޮތަކަށް ހަދާލުމުގެ ޖާގަ ނުދޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަމަކު އެއީ ސަރުކާރަށް ޖެއްސުންކުރާ ވާހަކަ ނުވަތަ ސަރުކާރު ވައްޓާލާ ވާހަކަ ނޫން ކަމަށެވެ. ނަމަވެސް އެކަން ކުރަން އެމްޑީޕީން ފަސްނުޖެހޭނެ ކަމަށެވެ.
ސަރުކާރު ވައްޓާލަން ޖެހިއްޖެއްޔާ ވައްޓާލަނަން. އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ނޫނީ މި ވާނުވާ ސަރުކާރު އޮބިއެއް ނޭޅޭނެ
އެމްޑީޕީން މިފަހަރު މަޖިލީހަށް ގެންގުޅޭ ''މިސްރާބު ހަމަމަގަށް'' ސްލޯގަނަށް އިޝާރާތްކުރައްވާ ފައްޔާޒު ވިދާޅުވީ ބިރުވެރިކަމުގެ އިހުސާސެއް ނެތް ނަމަވެސް ގައުމުގެ މިސްރާބު ހުރީ ވަރަށް ނުބައި ދިމާލަކަށް ކަމަށެވެ.
ހަމައެކަނި މަޝްރޫއުތައް ކުރިއަށް ދިޔުން ނޫން ކަމަށާއި، ބަސް ބުނުމުގެ މިނިވަންކަންވެސް ގެއްލޭ ހިސާބަށްވެސް ކަންކަން ހިނގައިދާނެ ކަމަށް ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ މަޖިލީހުގެ އަގުލަބިއްޔަތު ''ވާނުވާ'' ސަރުކާރަށް ލިބިއްޖެނަމަ ވޭތުވެދިޔަ 10 ވަރަކަށް އަހަރު ލިބިފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގެއްލޭނެ ކަމަށެވެ.
ކަލޭ ތޮހުރީ ވެއްޓިބއަނގަ ފެޅިފައެއްނު ދެން ބޭސްމަލަންކޮޅެއް ޖަހާލާ
އެމޑީޕީ މިގައުމުގެ ހަލާކް ނައްތާލަން ޖެހޭ ބޮޑު ބައްޔެއް
ފައްޔާޒު ކަލޭހީކުރަނީ ތިމަންނަ އެކަންޏޭއުޅެނީދޯ އެހެން ހީނުކުރޭ ކަލެއްށްވުރެ މާނުބައި މީހުން ރާއްޖޭގަ އެބަތިބި ކަލޭ ތިހެން ބަހައްޓާފަ ކަލޭގެގަޔަށް ގޮރުހެޑޭވަރު ކުރާނެ ކަހަލަ މީހުން އެބަތިބި ނިކަން ސަރުކާރު ވައްޓާލަން ކަމެއްކޮއްލަބަލަ ކަލޭކޮންތާކުން އުސްތާޒު ކަންކިޔެވީ ތިގެއަށް ފޫޅުކަޑާފަ ކުހުންނާނެ ސަހަލިއެއްޅާވެސް
ތިމަންނަމީ ކާކުކަން އަމިއްލަ ނަފުސައް ނޭގޭ މާބާރަކާ ތާއިދެއް އޮތްކަމުގަ ދެކި ޕޯޑިޔަމްތަކުގަ ތިމާޔާ ނުބައްދަލު ވާހަކަ ނުދައްކާ މައިތިރިވުން ރަގަޅުވާނެ
ﷲގެރަހުމަތުން ދިވެހި ގައުމު އިދަޖައްސާލި ތި ގައްދާރުން ބަރަހަނާ ކޮށް ފަލީހަތް ކުރާނެ ތީ މިގައުމައް ޖެހިފަވާ މުސީބާތެއް