ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 10،000 ރުފިޔާގެ ވެރިފަރާތް ހޯދަނީ

އައިޝަތު ނިއުޝާ ، ދެން އޮންލައިން

މަގުމަތިން ހޮވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި 10،000 ރުފިޔާގެ ވެރިފަރާތް ހޯދަން އިއުލާނުކޮށްފި އެވެ.

Ads by STELCO

ފުލުހުން ބުނީ މިއީ މިދިޔަ ބުރާސްފަތި ދުވަހު މާލޭ ދޮންއަދަރާދަ މަގުގައި ހުންނަ ގ. ރެސްރޯންގޭ ކުރިމަތިން ފެނިގެން ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއް ކަމަށެވެ.

މި ފައިސާގެ ވެރިފަރާތުން 9631696 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުރުމަށް ފުލުހުން އެދެ އެވެ. ފައިސާ ބަލައި ދާން ޖެހޭނީ ކާކުކަން އެނގޭފަދަ ރަސްމީ ލިއުމަކާ އެކު ކަމަށް ފުލުހުން ބުނެ އެވެ. އެ ފައިސާ ހުރީ ގަލޮޅު ޕޮލިސް ސްޓޭޝަނުގަ އެވެ.

މަގުމަތިން ހޮވައިގެން ފުލުހުންނާ ހަވާލުކޮށްފައި ހުރި 700 ރުފިޔާގެ ވެރިފަރާތް ހޯދުމަށް ވެސް ފުލުހުން ވަނީ އިއުލާނުކޮށްފަ އެވެ. އެ ފައިސާއަކީ މ. ހިޖާޒު ނަމަކަށް ކިޔާ ގޭގެ ކައިރިން ހޮވައިގެން ގެންގޮސްފައި ހުރި ފައިސާކަމަށެވެ.

މި 700 ރުފިޔާއާ ހަވާލުވުމަށް 9660183 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެ އެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުން އެދޭކަމަށް ވެސް ފުލުހުން ބުނެ އެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!