ޚަބަރު

ގިރާވަރު ލޭންޑްޔޫސް ޕްލޭނަށް ގޯތި ލިބުނު މީހުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް

އައިޝަތު ނިއުޝާ ، ދެން އޮންލައިން
ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ގުރު ނެގުން ހެންވޭރު ދަނޑުގައި ކުރިއަށް ދަނީ

ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނާ އެކު އެތަނުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

Ads by MWSC

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ގިރާވަރު ފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާ އެކު އެތަނަށް ތައްޔާރުކޮށްފައިވާ ލޭންޑްޔޫސް ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިމަހުގެ 27ގައި ބައްދަލުވުމެއް އޮންނާނެ ކަަމަށެވެ.

މި ބައްދަލުވުން ބާއްވާނެ ތަނާއި ގަޑި ފަހުން ހާމަކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ގިރާވަރު ފަޅުން ގޯތޮ ލިބުނު މީހުންގެ ތެރެއިން މި ބައްދަލަވުމުގައި ބައިވެރިވާން ބޭނުންވާ އަދި ހިޔާލު ހުށަހަޅަން ބޭނުންވާ މީހުން އިއުލާނުގައިވާ ލިންކު މެދުވެރިކޮށް ނަންނޯޓުކުރުމަށް މިނިސްޓްރީން އެދެއެވެ.

ގިރާވަރުފަޅަށް ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭން (ޑްރާފްޓް) ހައުސިން މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.

ގިރާވަރު ފަޅުން ކުރިން 169 ހެކްޓަރު ހިއްކުމަށް ނިންމާފައި ވަނިކޮށް، އިތުރު 50 ހެކްޓަރު ހިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ. މިއާ އެކު ގިރާވަރު ފަޅު ހިއްކައި ނިމޭއިރު އެތަނުގެ ބޮޑުމިނުގައި 219 ހެކްޓަރު ހުންނާނެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ޖުމްލަ 9003 ގޯތި ދޫކުރި އިރު އޭގެ 5433 ގޯއްޗަކީ ގިރާވަރު ފަޅުން ދޫކުރާ ބިންތަކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!