Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކާށިދޫ ބޯޓުޔާޑުގައި ބަޔަކު ގަސްތުގައި ރޯކޮށްލިކަމަށް ތުހުމަތުކޮށްފި

ކާށިދޫ ބޯޓުޔާޑުގައި ބަޔަކު ގަސްތުގައި ރޯކޮށްލިކަމަށް ތުހުމަތުކޮށްފި

ރޭ، ކ. ކާށިދޫ ބޯޓުޔާޑުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައިވާއިރު، ގަސްތުގައި ބަޔަކު އަލިފާން ރޯކޮށްލިކަމަށް ކާށިދޫ ކައުންސިލުން ތުހުމަތުކޮށްފިއެވެ.

އަލިފާން ރޯވީ ދަންވަރު 12:30 ހާއިރު އެއް އެ ރަށު ބޯޓުޔާޑުގައި އެހެލާފައިވާ ހަތަރު އަހަރަށްވުރެ ގިނަ ދުވެސްވެފައިވާ ބާ ދޯންޏެއްގައެވެ. އަލިފާންގަނޑު ކޮންޓްރޯލް ނުވެގޮސް އިތުރު ދޯނީގައިވެސް ހުޅު ހިފީއެވެ. އޭގެ ތެރޭގައި ކައިރީގައި އެހެލާފައި ހުރި ބޮއްކުރާއެއްވެސް ހިމެނޭ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. ދެ ދޯންޏާއި އެއް ބޮއްކުރާ ވަނީ އަނދާ އަޅިއަށްވެފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.

<strong>''ލަފާކުރެވެނީ ބަޔަކު ރޯކޮށްލީ ކަމަށް، ނުވަތަ މީހަކު ރޯކޮށްލާފައިވާ ކަމަށް'' </strong>ކާށިދޫ ކައުންސިލުގެ ރައީސް މުހައްމަދު އާމިރު ''ދެން'' އަށް ވިދާޅުވީ އެއިން ރޯވި ދޯނި/ބޮއްކުރާގައި ހުޅުހިފާ ޒާތުގެ އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

<img class="aligncenter wp-image-216051 size-full" src="https://cdn.dhen.mv/wp-content/uploads/2024/03/WhatsApp-Image-2024-03-19-at-07.14.11_06cd7b06.jpg" alt="" width="2000" height="1500" />

''އެއިން އެއްވެސް އެއްޗަކު އިންޖީނެއް ނުހުންނާނެ، ތެޔޮ ޓޭންކެއް އެއްޗެއްވެސް ނުހުންނާނެ، އެއީ އެހެލާފައި ހުންނަތާ އެއްތައް ދުވަހެއްވީ އެއްޗެއް, ބާވެ ފީވެގެން ހަލާގެވެގެންދާން ވެފައި ހުރި އެއްޗެއް، އެކަތީގައި ފޫވެސް ވެއްޓިފައި ހުންނާނީ.... އެކްސިޑެންޓަލީ އެކަހަލަ ކަމެއް ހިނގުމުގެ ފުރުސަތެއް ނެތް، ގޭސް ފުޅިއެއް ކަހަލަ އެއްޗެއް އެއަކު ނުހުންނާނެ، އެހެންވެއްޖެއްޔާ ރޯކޮށްލިއްޔާ ނޫނޫ ރޯނުވާނެ'' އާމިރު ވިދާޅުވިއެވެ.

ކައުންސިލު ރައީސް ވިދާޅުވީ އެ ކަނޑު އުޅަނދުފަހަރުތައް އެތަނުން ނަގަން އޭގެ ވެރިފަރާތްތަކަށް ކައުންސިލުން އަންގާފައިވާނެ ކަމަށެވެ. ''މަރާމާތަށޭ ކިޔާފައި އެހެލީ، މަރާމާތުވެސް ނުކޮށް އެހެރީ، މަރާމާތު ނުކުރެވޭ ހާލަރަށް ބާވެ ވީފައި ހުރީ'' އާމިރު ކިޔައދިނެއެވެ.

އެމްއެންޑީއެފުން ބުނީ ބޯޓުޔާޑުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ ރޭ މެންދަމު 01:24 ހާއިރު ކަމަށެވެ. އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަވީސްގެ ފަޔާ ފައިޓަރުން އެ ރަށަށް ގޮސް އަލިފާން ކޯންޓްރޯލް ކުރެވުނީ 04:40 ހާއިރުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް