Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނެ

މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނެ

މިއަހަރު މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދުކުރުމަށް ހަމަޖެހިފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ބޯޅަދަނޑު، ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދު އަދި ހުޅުމާލެ ފޭސްޓޫގެ ކްރިކެޓް ސްޓޭޑިއަމް އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އެ ސަރަހައްދުތަކުގައި ސައުންޑު ހަމަޖައްސައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފަ އެވެ.

Advertisement
Ooredoo — Truecaller (box)

ބޮޑު ޖަމާއަތުގައި އީދު ނަމާދު ފަށާ ގަޑި އަވަސްކުރުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް މީގެ ކުރިން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރި އެވެ. އާންމުކޮށް ޖަމާއަތުގައި އީދު ނަމާދުކުރަނީ ހެނދުނު 7:30 ގަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް