ޚަބަރު

ބްރިޖްގެ މެއިންޓަނަންސް ބެލެހެއްޓުމާއި، ދިވެހިން ޓްރެއިންކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

އައިޝަތު ނިއުޝާ ، ދެން އޮންލައިން
ސިނަމާލެ ބްރިޖްގެ މެއިންޓެނަންސް މަސައްކަތުގެ އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސިނަމާލެ ބްރިޖްގެ މެއިންޓެނަންސް މަސައްްކަތް އިތުރު ތިން އަހަރަށް ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްފިއެވެ.

Ads by STELCO

މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ ހިލޭ އެހީގެ ދަށުންނެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ބްރިޖް ބެލެހެއްޓުމާއި، ކެޕޭސިޓީ އިތުރު ކުރުމަށް ޗައިނާގެ އެހީ ލިބިގެން ދާނެ ކަމަށެވެ.

މި އެއްބަސްވުމަކީ ބްރިޖުގެ މެއިންޓަނެންސް ކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރުމަށާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރު ދެމެދު ގާއިމު ކުރާ އެއްބަސްވުމެކެވެ.

"ބްރިޖަކީ ވަރަށް މުހިންމު ކްރިޓިކަލް އިންފްރާސްޓްރަކްޗާއަކަށް ވާތީ ޗައިނާ ސަރުކާރުން ވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ، ދިވެހި ސަރުކާރަށް ހިލޭ އެހީގެ ދަށުން މި ބްރިޖު އިތުރު ތިން އަހަރަށް މެއިންޓަނަންސްކޮށްދިނުމަށާއި، ދިވެހި ރާއްޖެއަށް މިކަމަށް އެހީތެރިވެރިވެދިނުމަށް ކެޕޭސިޓީ ގާއިމްކޮށްދިނުމަށް" މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.

2018 ވަނަ އަހަރު މި ބުރިޖުގެ މަސައްކަތް ނިންމާލުމަށް ފަހު ބުރިޖު ހުޅުވާލުމަށް ފަހު މިހާތަނަށް މެއިންޓެނެންސް މަސައްކަތް ކުރަމުން އަންނަނީ ޗައިނާއިންނެވެ.

އޭރު ވެވުނު އެއްބަސް ވުމުގައި ޗައިނާއިން 2 އަހަރު ދުވަހަށް މި މަސައްކަތް ކޮށްދިނުމަށް އެއްބަސް ވެފައިވީކަމުގައި ވީނަމަވެސް މި އެއްބަސް ވުމުގެ މުއްދަތު އިތުރު ކުރަން މިހާރު ވަނީ ނިންމާފައިއެވެ.

އަދި ޗައިނާއިން ފުރަތަމަ ވެވުނު 2 އަހަރު ދުވަހުގެ ކޮންޓްރެކްޓު ހަމަވުމުން އެ މުއްދަތު އިތުރުކުރަން ހުށަހެޅިކަމުގައި ވީނަމަވެސް ނިމިދިޔަ ސަރުކާރުން  އެކަމާމެދު ވަކި ގޮތެއް ނިންމާފައި ނުވާއިއިރު ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ކޮށްފައި ނުވާކަން ވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!