ޚަބަރު

އަނަސްގެ މަރުގެ މައްސަލަ އިސްތިއުނާފު ކުރަން ނިންމައިފި

އައިކާ ޔުނާން ، ދެން އޮންލައިން

ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ ދައުވާކުރި މީހުންނަށް ސާބިތުނުވި މައްސަލަ އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

Ads by Hajj Corporation

ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ އަނަސް މަރާލިތާ ހަތް އަހަރެއްހާ ދުވަސް ފަހުން އެ މައްސަލާގައި ދައުވާ އުފުލި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފައިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މައްސަލަ އިސްތިއުނާފުކުރަން ނިންމާފައިވާ ކަމަށާއި އެކަމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ހުކުމް އިއްވާފައިވާއިރު ދައުވާ ލިބޭ މީހުން ސަލާމަތް ވެފައި ވަނީ ކުށް ސާބިތުވާ ވަރަށް އެކަށީގެންވާ ހެކި ނެތުމުންނެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރި ތިން މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާނާއި މ. ދިމިޝްގުގޭ އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގެވެ.

ނަމަވެސް މި ތިން މީހުންގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ސާބިތުވެފައިއެއް ނުވެއެވެ.

މީގެ ހަތް އަހަރު ކުރިން، 2017 ވަނަ އަހަރު އަނަސް މަރައިލީ ލިޓަސް ސާވިސް ސެންޓަރު ތެރޭގައެވެ. އޭނާ މާރާލާފައިވަނީ އެތަނަށް ވަނުމާއެކު ހަށިގަނޑުގެ އެތަން މިތަނަށް ވަޅި ހަރައި ހަމަލާދީގެންނެވެ.

އަނަސް އަށް ހަމަލާ ދިނީ މާލޭގައި ހަރަކާތްތެރިވާ ދެ ގޭންގެއް ގުޅިގެންނެވެ. އަނަސް މަރާލާ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް އާންމުވިއެވެ. އަނަސް މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލި ކުޑަ ކުއްޖާގެ މައްޗަށް ވެސް އުފުލިއެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!