ސައުދީން 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައުދީ އަރަބިޔާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރު މިއަދު އިސްލާމިކް އެފެއާޒް މިނިސްޓްރީއާއި ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ.
ސައުދީ އަރަބިޔާ އާއި ރާއްޖެ ސަރުކާރާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ. އެގޮތުގެ މަތިން މިއަހަރުވެސް ހަދިޔާ ކޮށްފައިވަނީ 50 ޓަނުގެ ކަދުރެވެ..

މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ދިވެހި ރައްޔިތުންނަށް ބެހުމަށް ސައުދީ ސަރުކާރުންން ކަދުރު ހަދިޔާކުރިއިރު، ކަދުރުތައް ބަހާނެ ދުވަހެއް އަދި ކަދުރު ބަހާނެ ގޮތުގެ އުސޫލެއް މިނިސްޓްރީއިން އިއުލާން ކޮށްފައެއް ނުވެއެވެ.
މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަން 'ދެން' އަށް ވިދާޅުވީ އަދި ބަހާނެ ސީދާ ދުވަހެއް ކަނޑައަޅާފައިނުވާ ކަމަށެވެ. ''ރާއްޖެއަށް ޝިޕްކޮށްފައި ވީ" އޭނާ ވިދާޅުވިއެވެ.
ކަދުރު ފާތުމައާ ހަޥާލު ކުރަންވީ ތިބަހަން