ޚަބަރު

ޣައްސާން ވިދާޅުވީ ޑްރޯން ގަތުމުގެ ތަފްސީލް 241 ކޮމިޓީއަށް ދެއްވާނެ ކަމަށް

އައިކާ ޔުނާން ، ދެން އޮންލައިން

ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށް، އަން އާމްޑް ވެހިކަލް (ޔޫއޭވީ) ނުވަތަ އަސްކަރީ ޑްރޯން ގަތުމުގެ ތަފްސީލްތައް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ސިއްރު ކޮމިޓީއަކަށް ހިއްސާ ކުރައްވާނެ ކަމަށް ދިފާއީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ޑްރޯން ގަތުމުގެ ތަފްސީލްތައް ހޯދުމަށް އެދިވަޑައިގެންފައެވެ.

ނަމަވެސް ޣައްސާން ވިދާޅުވީ, ޑްރޯން ގަތުމުގެ ހުރިހާ ކަމެއް ވެސް ކޮށްފައިވާނީ ދެފުށް ފެންނަ ގޮތަށް ކަން ކަށަވަރުކުރުމަށް ކަނޑައަޅާފައިވާ ހުރިހާ އުސޫލެއްގެ ތެރެއިން ކަމަށާއި ނަމަވެސް އެ މައުލޫމާތު މަޖިލީހުގައި ހާމަ ކުރެވެން ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ މަޖިލިސް ތަޅުމުގައި ހާމަކަން ބޮޑު ތަނެއްގައި އެއްވެސް ގައުމެއްގެ ދިފާއީ ގޮތުން ކުރާ ހަރަދުތަކުގެ ތަފްސީލް ހާމަކުރުމަކީ ކުރާ ކަމެއް ނޫން ކަމަށާއި އެ މައުލޫމާތު ހާމަކުރަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

"241 ކޮމިޓީއެއްގައި ސިއްރު ޖަލްސާއެއްގައި އެ މައުލޫމާތު ހާމަ ކުރެވިދާނެ," ޣައްސާން ވިދާޅުވިއެވެ.

ޑްރޯނަށް ބައެއް ތަކެތި ހިލޭ ލިބުނުއިރު، ދައުލަތުން ވެސް ހަރަދުކޮށްފައިވާނެ ކަމަށް ޣައްސާން ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!