ޚަބަރު

ހިލޭ ޑްރޯން ދޭން އެއްވެސް ގައުމަކުން ހުށަނާޅާ: ޣައްސާން

އައިކާ ޔުނާން ، ދެން އޮންލައިން
ރާއްޖޭގައި ބޭނުންކުރާ ޑްރޯންތައް ރައީސް މުއިއްޒު ބައްލަވާލައްވަނީ، އަރިހުގައި ޑީފެންސް މިނިސްޓަރު ޢައްސާން

ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށް، އަން އާމްޑް ވެހިކަލް (ޔޫއޭވީ) ނުވަތަ އަސްކަރީ ޑްރޯން ހިލޭ ދިނުމަށް އެއްވެސް ގައުމަކުން ހުށަހެޅި ކަމަށް ދެކެވޭ ވާހަކަތައް ދިފާއީ ވަޒީރު ޣައްސާން މައުމޫން މިއަދު ދޮގުކުރައްވައިފިއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ދާންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔައުގޫބް އަބްދުالله ވަނީ ސަރުކާރުން ޑްރޯން ގަނެފައިވަނީ އަވައްޓެރި ގައުމަކުން ރާއްޖެއަށް ހިލޭ ޑްރޯން ހަދިޔާ ކުރަން ތައްޔާރަށް ތިއްބާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

ޔައުގޫބް ވަނީ ޑްރޯން ގަތީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ކަމަށް ތުހުމަތުކޮށް, އެކަން އެގޮތަށް ހެއްދެވީ ކީއްވެތޯ ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ އެ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާޢި އެއްވެސް އަވައްޓެރި ގައުމަކުން ހިލޭ ޔޫއޭވީއެއް ދިވެހިރާއްޖެ އަށް ހަދިޔާކުރުމުގެ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ.

ޣައްސާން ވިދާޅުވީ މިދިޔަ އަށް އަހަރެއްހާ ދުވަހު އެފަދަ ޔޫއޭވީ ޑްރޯން ހޯދަން ދިވެހި އަސްކަރިއްޔާ އިން ކުރި މަސައްކަތް ކާމިޔާބުވީ މި މަހުގެ 15 ގައި ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ޑްރޯން ގެނައުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ރަހުމަތްތެރި ގައުމަކުން ހިލޭ އެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށް އެމްޑީޕީން މީގެ ކުރިން ބުނެފައިވެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ކަނޑައަޅާފައިވާ ތަރުޖަމާނު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވެފާއިވާ ގޮތުން އަސްކަރިއްޔާގެ ގާބިލުކަން އިތުުރުކުރަން ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތަކުގެ ތަފްސީލުތަކަކީ ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތުތަކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ 1700 އެއްހާ މަޝްރޫއެއް ހުއްޓާލާއި ސަރުކާރުގެ ކޮންޓެންޖެންސީ ބަޖެޓުން ޑްރޯން ގަންނަން 600 މިލިއަނެއްހާ ރުފިޔާ ހަރަދުކުރި ކީއްވެގެންކަން ސާފުނުވާ ކަމަށް އެމްޑިޕީން މިޔަ ހަފްތާގައި ބޭއްވި ޕްރެސް ބްރީފިންގައި އީސާ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށްކުރާ މަސައްކަތަށް އެމްޑީޕީން ދެކޮޅު ހަދަނީއެއް ނޫން ކަމަށާއި، އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަކީ ހުރިހާ ސަރުކާރަކުންވެސް އެ ވަގުތުގައި ދައުލަތުގެ ކެރިކުޅަދާނަކަން ހުރި މިންވަރަކުން ކުރަމުން އައި މަސައްކަތެއް ކަމަށެވެ. އެގޮތުން ނިމުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިލޭ ޑްރޯންތަކެއް ދޭން ''ރަހުމަތްތެރި'' ގައުމެއްގެ ހުށަހެޅުން ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

Ads by Allied Insurance
  1. އަލިބެ

    އަވަށްޓެރިގައުމަކުންފަހަރެއްގަ ފިޔާކިލޯއެއްދީފާނެ ކޮންމެފިޔާކިލޯއަކާއެކީ ސިފައިންގެމީހަކުގެންނަގޮތަށް