Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އާރްޑީސީ ހިޔާނާތުގެ މައްސަލާގައި ފައްޔާޒު ފުލުހަށް ހާޒިރުކުރަނީ

އާރްޑީސީ ހިޔާނާތުގެ މައްސަލާގައި ފައްޔާޒު ފުލުހަށް ހާޒިރުކުރަނީ
މިދިޔަ ސަރުކާރުގައި މަގުތައް ހެދުމަށް އުފެއްދި ކުންފުނި، ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ހިންގި ހިޔާނާތުގެ މައްސަލާގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ. އިދިކޮޅު އެމްޑީޕީގެ ޗެއާޕަަސަންގެ މަގާމު އަދާކުރައްވަމުންދާ ފައްޔާޒު، ފުލުހުންގެ މައި އިދާރާ ޝަހީދު އާދަމް ބިލްޑިންއަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރު ތިނެއް ޖަހާއިރަށެވެ. ފުލުހުން ފައްޔާޒަށް ފޮނުވި ޗިޓުގައި ބުނީ، ހާޒިރުކުރަނީ އާރްޑީސީ އަށް ލިބޭ ފައިސާ އެ ކުންފުނީގެ ވެރިންނާއި ކުންފުންޏާއި ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކަށް ދޫކޮށް ހިޔާނާތްތެރިވެފައިވާ މައްސަލާގައި ސުވާލުކުރަން ކަމަށެވެ. އާރްޑީސީން ކޮށްފައިވާ މާލީ މުއާމަލާތްތަކުގެ ތެރެއިން މާލީ މަންފާ ލިބިފައިވާ ކަމަށް ފުލުހުން ވަނީ ފައްޔާޒަށް ތުހުމަތުކޮށްފައެވެ. ހާޒިރުވާން ފޮނުވި ޗިޓް ''އެކްސް'' ގައި ހިއްސާކުރައްވާ ފައްޔާޒު ވިދާޅުވީ، ފުލުހަށް ހާޒިރުކުރަން އެންގުމަކީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުން ކަމަށެވެ. ''އާރުޑީސީއިން ހިޔާނާތެއް ވެއްޖެކަމަށްބުނެ ބަލާ މައްސަލަ އަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން. އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން'' އޭނާ ވިދާޅުވީ ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް އެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް ފައްޔާޒު ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އާރްޑީސީގެ ހިޔާނާތާ ގުޅޭ ގޮތުން މީގެ ކުރިން ފުލުހުން ބުނީ، އެ ކުންފުނީގެ މުވައްޒަފުންގެ އެކައުންޓުތަކުން ސަރުކާރުގެ އިސް ފަރާތްތަކުގެ ކުންފުނިތަކާއި އެ މީހުންގެ އެކައުންޓުތަކަށް ވެސް ފައިސާ ވަދެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް