ޚަބަރު

އެމްޕްލޯއިމަންޓް ސެކްޓާ ކައުންސިލްތަކަށް މެމްބަރުން އައްޔަންކޮށްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: އެމްއެންއެސްޑީއޭ

އެމްޕްލޯއިމަންޓް ސެކްޓާ ކައުންސިލްތަކަށް މެމްބަރުން އައްޔަންކުރުމުގެ ރަސްމިއްޔާތު މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން އިއްޔެ ބާއްވައިފިއެވެ.

Ads by STELCO

އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި، ގައުމީ ތަރައްގީއާއި އިގްތިސާދާ ގުޅުން ހުރި ހަ އެމްޕްލޯއިމަންޓް ސެކްޓާ ކައުންސިލަކަށް މެމްބަރުން އައްޔަންކޮށްފައިވެއެވެ. އެއީ، ޓްރާސްޕޯސް ސެކްޓާ، ސޯޝަލް ސެކްޓާ، ޓޫރިޒަމް ސެކްޓާ، ފިޝަރީޒް އެންޑް އެގްރިކަލްޗާ ސެކްޓާ އަދި އައިސީޓީ ސެކްޓާގެ އިތުރުން ކޮންސްޓްރަކްޝަން ސެކްޓާ އެވެ.

އެ ކައުންސިލްތަކަށް އައްޔަންކުރެވުނު މެމްބަރުންނަށް ލިޔުން ހަވާލުކުރައްވާފައިވަނީ، ހަޔާ އެޑިޔުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. މަރްޔަމް މާރިޔާއެވެ.

މާރިޔާ ވިދާޅުވީ، ހުނަރުވެރި، އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެފައިވާ ޖީލެއް ބިނާ ކުރުމަށް މި ސަރުކާރުން ކުރަމުން ގެންދާ މުހިއްމު މަސައްކަތުގައި ސެކްޓާ ކައުންސިލްގެ މެމްބަރުންގެ ހިއްސާ ވަރަށް ބޮޑުކަމަށެވެ. އަދި އެ ކައުންސިލްގެ ޒިންމާތައް މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، ނޭޝަނަލް ސެޓްފިކެޓަކީ ނޭޝަނަލް ކޮންޕިޓެންސީ ސްޓޭންޑާޑު ތަކަށް ހިންގާ ޕްރޮގްރާމް ތަކަށް ދެވޭ ސެޓްފިކެޓަށް ވާއިރު، ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތައް ދެނެގަނެ، ވަޒީފާގެ ބާޒާރަށް މީހުން ބޭނުންވާނެ ދާއިރާތަށް ފާހަގަކުރުމަކީ ކައުންސިލްތަކުގެ ޒިންމާއެއްކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެމްއެންއެސްޑީއޭ އަށް ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑާޑްތައް އެކުލަވާލުމަށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި އެކު ސްޓޭންޑާޑު ތަކުގެ ކޮލިޓީ ހިފެހެއްޓުމާއި ފާސްކުރުމަކީ ސެކްޓަރ ކައުންސިލްގެ ޒިންމާއެއްކަމަށް މާރިޔާ ވިދާޅުވިއެވެ.

އެމްއެންއެސްޑީއޭ ގެ ސީއީއޯ ޑރ. ޒަހުރާ މުހައްމަދު ވިދާޅުވީ، އެ އިދާރާ އަކީ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑާޑުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަ ތަނެއް ކަމަށެވެ. އަދި މިވަގުތުވެސް 120 ސްޓޭންޑާޑާއި ޓްރެއިނިން މެޓީރިއަލް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާތީ، ސެކްޓާ ކައުންސިލްތަކުގެ މެމްބަރުން ހަލުވި ސްޕީޑްގައި މަސައްކަތް ކުރިއަށް ގެންގޮސް ދެއްވުމަށް އެދިލެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!