ޚަބަރު

އީދު ދުވަހު ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ

ރައުފާ ރަޝީދު ، ދެން އޮންލައިން
މާލޭގެ މަގުމަތީގައި ބަޔަކު ހަރަކާތްތެރިވަނީ/ ފޮޓޯ: ސަން

މި އަހަރުގެ ބަރަކާތްތެރި ފިތުރު ޢީދު ދުވަހަކީ މާލެ ސިޓީގެ ރައްޔިތުން ހަމަޖެހިލައިގެން އުފާ ފާޅުކޮށްލައި ހިތްހަމަ ޖައްސައިލައި އުޅޭ ދުވަހަކަށް ހެދުމަށް ޓަކައި އެ ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާ ކޮށްފިއެވެ.

Ads by MWSC

މީގެ ކުރިން އީދު ދުވަސްތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރަނީ ހަވީރު 16:00އިން ރޭގަނޑު 20:00އަށެވެ. ނަމަވެސް މިއަދު އޮތް މާޅެ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 140 ވަނަ ރަސްމީ އާންމު ޖަލްސާގައި ނިންމާފައިވަނީ އީދު ދުވަހު ހަވީރު 16:00 އިން ފެށިގެން 18:00 އަށް މާލޭގެ މަގުތަށް ވެހިކަލް ނުދުއްވޭ ގޮތަށް ބަންދު ކުރުމަށެވެ.

ވެހިކަލް މަނާ ގަޑީގައި އިސްތިސްނާވާ އުޅަނދުތައް:

▪︎ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
▪︎ އެމްބިއުލެންސް
▪︎ ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދު
▪︎ ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކުރެވިފައިވާ އުޅަނދު
▪︎ ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް
▪︎ އެދުވަހުގެ އެ ގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު

މިއެންގުމާ ޚިލާފްވާ ފަރާތްތަކުން 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީން ފިޔަވަޅު އަޅައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!