ޚަބަރު

އެއާޕޯޓް މަސައްކަތް ހުއްޓިފައި އޮންނާތީ މަގޫދޫގައި ސިިލްސިލާ އެއްވުންތަކެއް ފަށައިފި

އަލީ ސަމާޙް ، ދެން އޮންލައިން
މަގޫދޫ ގައި މިރޭ ފެށި ިސިލްސިލާ އެއްވުން

ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓިފައި އޮންނާތީ އެ ރަށުގައި ސިލްސިލާ އެއްވުންތަކެއް މިރޭ ފަށައިފިއެވެ.

Ads by MWSC

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހުއްޓިފައިވާ އޮންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

އެހެންވެ މިރޭ އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަގުމައްޗަށް ނިކުމެ ހަމަހިމޭން އިހުތިޖާޖެއް ކޮށްފައެވެ. އެއްވި މީހުން ތިބީ އެއާޕޯޓުގެ މަސައްކަތުގެ ކަންބޮޑުވުންތަކާއި ގުޅޭ ލިޔުންތައް ލިޔެފައިވާ ބެނާތައް ހިފަހައްޓައިގެންނެވެ.

އެމްޑީޕީއަށް ނިސްބަތްވާ އެ ރަށު ކައުންސިލުގެ ރައީސް އަބްދުﷲ ވާހިދު "ދެން" އަށް ވިދާޅުވީ، މިރޭގެ އެއްވުން ކުރިއަށް ގެންގޮސްފައިވަނީ 9:30 އިން 10:30 އަށް ކަމަށެވެ.

ވާހިދު ވިދާޅުވީ އެ މަޝްރޫއާ ގުޅޭ ގޮތުން ސަރުކާރުން ޖަވާބެއް ލިބެންދެން ކޮންމެ ރެޔަކު އެއްވުންތައް ބާއްވަމުން ދާނެ ކަމަށެވެ.

''ރައްޔިތުން ސިފަކުރަނީ ސަރުކާރުން ދިން ވަރަށް ބޮޑު އަނިޔާއެއް ގޮތުގައި، މި މާތް މައްސަރުގެ އަޅުކަމުގައި އުޅުމަށްވުރެ މަސައްކަތްކުރަން ޖެހުމުން'' ވާހިދު ވިދާޅުވިއެވެ.

''މަސައްކަތް ހުއްޓާފަ ރަށުން އެއްވެސް އެއްޗެއް ބޭލުވޭނީ ލޭ އޮހޮރުވާފައި، އެ އަޒުމުގައި ރައްޔިތުން ތިބީ، އެކަން ކުރިޔަ ނުދޭން''

މަސައްކަތް ހުއްޓުނީ ކީއްވެކަން ސާފުކުރުމަށް މަގޫދޫ ކައުންސިލުން މީގެ ދެ މަސް ކުރިން ރައީސް ޑރ މުހައްމަދު މުއިއްޒަށް ސިޓީ އެއް ފޮނުވިއެވެ. އެކަމަކު އެ ސިޓީއަށް ޖަވާބެއް ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަޅަން ފެށި މަގޫދޫ އެއާޕޯޓުގެ މަޝްރޫއު އަކީ  206.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ އެ އެއާޕޯޓު ހިންގުމުގެ މަސައްކަތްތައް ރީޖަނަލް އެއާޕޯޓާ ވަނީ ހަވާލުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!