ޚަބަރު

ރައްޔިތުން ތިބީ ބިރުގަނެފައި، ދައުލަތެެއްގެ ސިފަ ގެއްލިއްޖެ: މޫކޭ

އައިޝަތު ނިއުޝާ ، ދެން އޮންލައިން
މޫސާ އަލި މަނިކު (މޫކޭ)/ ފޮޓޯ: ދެން

މި ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ރައްޔިތުން ތިބޭ ބިރެއްގެ ތެރޭގައި ކަމަށް ހުޅުމާލެ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލި މަނިކު (މޫކޭ) ރޭ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްޑީޕީގެ ފަރާތުން ހުޅުމާލޭގެ އެކި ދާއިރާތަކަށް މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާ އެކު ރޭ ބޭއްވި ތަރާވީސް ޖަލްސާގައި، ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީީ ކެމްޕޭނަށް ދޮރުން ދޮރަށް ވަޑައިގަތުމުން ފެނިވަޑައިގެންނެވީ ހުރިހާ ރައްޔިތުން ބިރެއްގައި ތިބި މަންޒަރު ކަމަށެވެ.

ގޭގެއަށް ޑޯޓުޑޯ އަށް ވަންނައިރު އެންމެ ބޮޑު އެއްޗަކަށް އޮތީ ބިރު، ވަޒީފާ އަދާކުރާ މީހާއަށް ވަޒީފާގެ ބިރު، ވިޔަފާރީއެއް ކުރާ މީހާއަށް ވިޔަފާރީގެ ބިރު، ދައުލަތުން އެއްޗެއް ދީފައި އޮތް މީހެއްވެއްޖެއްޔާ އެ އަތުލާނެކަމުގެ ބިރު

މިދިޔަ ސަރުކާރުގައި އާރުޑީސީގެ ފައިސާއަށް ކުންފުނީގެ މުވައްޒަފުން ހިޔާނަތްތެރިވި ކަމަށް ބުނެ ތަހުގީގުކުރާ މައްސަލާގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އެކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ފުލުހަށް ހާޒިރުކުރުމުން ކުރީގެ މޫޑޭ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ވިދާޅުވީ އެ ކުންފުނިން ބަލަމުންދާ މައްސަލައެއްގައި ފައްޔާޒު ގެންދަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"ގެންދިޔައީ އެމްޑީޕީގެ ޗެއާ ޕާސަން. އެމްޓީސީސީގެ މައްސަލައެއްގާ ރައީސް ސޯލިހު، ފެނަކައިގެ މައްސަލައެއްގައި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު" މޫކޭ ވިދާޅުވި އެވެ.

''ދައުލަށް އެކޮޅުކޮޅުން ބަޅުކޮށް ހިންގަވަން އުޅޭތައް ތިބޭފުޅުންނަށް ފެންނާނީ، ދައުލަތެއްގެ ސިފައެއް ނެތް'' މޫކޭ ވިދާޅުވިއެވެ.

ފުލުހުން ފައްޔާޒަށް ފޮނުވި ޗިޓުގައި ބުނީ، ހާޒިރުކުރަނީ އާރްޑީސީ އަށް ލިބޭ ފައިސާ އެ ކުންފުނީގެ ވެރިންނާއި ކުންފުންޏާއި ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކަށް ދޫކޮށް ހިޔާނާތްތެރިވެފައިވާ މައްސަލާގައި ސުވާލުކުރަން ކަމަށެވެ.

ނަމަވެސް ފައްޔާރުގެ ވަކީލު މަހްފޫޒް ސައީދު އިއްޔެ ވިދާާޅުވީ ފައްޔާޒު ހާޒިރުކުރީ އެއްވެސް ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫން ކަމަށެވެ. އޭނާ ހާޒިރުކުރީ އެ މައްސަލައާ ގުޅިގެން ބައެއް ކަންކަން ސާފުކުރުމަށް ކަމަށް މަހްފޫޒު ވިދާޅުވި އެވެ.

ފުލުހުން ސާފު ކުރަން ބޭނުންވި މައުލޫމާތަކީ އާންމުކޮށްފައިވާ މައުލޫމާތު ކަމަށް ވެސް މަހްފޫޒު ވިދާޅުވި އެވެ. އެއީ މިނިސްޓަރުންގެ މާލީ ބަޔާންތަކުގައި މީގެ ކުރިން އާންމުކޮށްފައިވާ މައުލޫމާތުތައް ކަމަށް ވެސް މަހްފޫޒް ވިދާޅުވި އެވެ.

  1. ޗޯރުބޯއި

    ދައުލަތެއްގެ ސިފަޔަކީ ތަނެއްދޮރެއްނުބަލާ ވައްކަންކުރުންތޯއެވެ މުލިވަގުންގެ ވެރިކަން ނިމުނީ ވ ސަލާން

  2. ޙަލީލް

    ޢެއްކަލަ އާރުޑީސީދޮވެލިވަގު ދޯ