Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގާނޫނާއި ގަވާއިދުތައް ތަންފީޒު އެބަކުރަން: އާޒިމް

ގާނޫނާއި ގަވާއިދުތައް ތަންފީޒު އެބަކުރަން: އާޒިމް
މާލެ ސިޓީ ކައުންސިލުގެ ބާރުގެ ދަށުގައި ހުރި ހުރިހާ ގާނޫނަކާ ގަވާއިދުތައް ތަންފީޒު ކުރައްވަމުން ގެންދަވާ ކަމަށް މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެއެވެ.
މޭޔަރު އެހެން ވިދާޅުވީ ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަންގެ ނައިބް ރައީސް ސުނާދު ލަތީފް 'އެކްސް' ގައި ޕޯސްޓުކޮށްފައިވާ ވީޑިއޯ އެއް ރީ ޕޯސްޓު ކުރައްވަމުންނެވެ. މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ސިނާދު ނަގާފައިވާ ވީޑިއެއްގައި އޭނާ ބުނީ، އެ ސަރަހައްދުގައި ޕާކް ކޮށްފައި ހުންނަ ދުއްވާ އުޅަނދުތަކުން ބެޓެރީ އާއި ޑީސެލް ވަގަށް ނަގަމުންދާ ކަމަށެވެ. އެ ސަރަހައްދުގައި ރޭގަނޑު އަލިކަމެއްވެސް ނުހުރެއެވެ. ލައިޓްތައްވެސް ހުރީ ތަޅާލާފައެވެ. https://twitter.com/SunaLatheef/status/1774054284365304082 '' ކުދި ޕިކަޕުތަކުގައި އައިސް މިތަނަށް ކުނި އަޅާލާފައި ދަނީ، އަޅުގަނޑުމެން ދިވެހިން އަމިއްލަ އަށް ފަރުދީ ޒިންމާ އަދާކޮށްގެން ކަން ނޭނގެ މި ކަހަލަ ކަންތައްތަކުން އަޅުގަނޑުމެންނަށް ސަލާމަތް ވެވޭނީ'' ސިނާދު ބުންޏެވެ. އެ ވީޑިއޯއަށް ރިޕްލައި ދެއްވަމުން މޭޔަރު އާޒިމް ވިދާޅުވީ އެ ފަދަ މައްސަލަތަކުގެ އަސްލަކީ ގާނޫނާ ގަވާއިދު ތަންފީޒު ނުކުރެވުން ކަމަށެވެ. އެހެންވެ މޭޔަރު ވަނީ ގައުމު ސަލާމަތްކުރުމަށްޓަކައި ތަންފީޒީ ހުރިހާ އިދާރާތަކުން ވީހާވެސް އަވަހަކަށް ގާނޫނުތައް ވަރުގަދަކޮށް ދޭން އެދިވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް