Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އީސީގެ މެންބަރުކަމަށް ހަސަން އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

އީސީގެ މެންބަރުކަމަށް ހަސަން އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ، އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އީސީގެ މެންބަރުކަމަށް ހަސަންގެ ނަން މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 39 މެންބަރުންގެ އިއްތިފާގުންނެވެ.

ޒަކަރިއްޔާ އަކީ މިހާރު އީސީގެ ސެކްރެޓަރީ ޖެނެރަލެވެ. އޭނަގެ ނަން ފޮނުވީ މެންބަރުކަމަށް ކުރިމަތިލާން އާންމުކޮށް އިއުލާން ހުޅުވައިލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިންނެވެ.

Advertisement
Ooredoo — Square (box)

އީސީގެ ނައިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވި އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީ ހުސްވާ މަގާމަށް އައްޔަނު ކުރަން ޒަކަރިއްޔާގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ.

ހުސްވެފައިވާ އީސީގެ މެންބަރުގެ މަގާމަށް ކުރިމަތިލުމަށް އާއްމުކޮށް ހުޅުވާލުމުން ޒަކަރިއްޔާގެ އިތުރުން 13 ބޭފުޅަކު ކުރިމަތިލެއްވިއެވެ.

އީސީގެ އެސްޖީގެ މަގާމަށް ހަސަން ވަޑައިގެންނެވީ 2021 ގައެވެ.

އީސީ ގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް, ފުވާދު ތައުފީގް, ނައިބު ރައީސް އަލީ ނަޝާތު, ކޮމިޝަންގެ މެމްބަރ ޑރ. މުޙައްމަދު ޒާހިރު އާއި މުހައްމަދު އާސިފްއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް