ޚަބަރު

ތަގުވާ މިސްކިތުން ފަންކާ ވަގަށް ނެގި މީހާ ބަންދުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން

މިސްކިތަކުން ފަންކާ އެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށް، ބަންދުކޮށްފިއެވެ.

Ads by MWSC

އެކަމެއް މިިއަދު ހިނގާފައިވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުން އާއްމުކޮށްފައިވާ ކޯޓު އަމުރުގައިވާ ގޮތުން އެ މީހާގެ މައްޗަށް، ކުށްކުރި ކަމަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވެއެވެ.

ފުލުހުން ކޯޓުގައި ބުނީ، އޭނާ އަތުން ފެނުނު ފަންކާ އަކީ މިސްކިތަކުން ނެގި ފަންކާއެއްކަން މިހާތަނަށް ފާހަގަވެފައިވާ ކަމަށެވެ.

އެއީ ކުށުގެ ރިކޯޑުވެސް އޮތް މީހެކެވެ. އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފައެވެ.

މިއީ ކޮން މިސްކިތަކުން ނެގި ފަންކާއެއް ކަމެއް ކޯޓު އަމުރުން ސީދާ އެނގޭކަށް ނެތެވެ. އެކަމަކު އެއީ ތަގުވާ މިސްކިތުން ފަންކާ ނެގި މީހާކަން ސުޕްރިންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ ''ދެން'' އަށް ކަށަވަރުކޮށްދީފައެވެ. ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުން އެ މިސްކިތުގެ ހަތް ''ސްޓޭންޑް'' ފަންކާ ވަގުން ވަނީ ގެންގޮސްފައެވެ.

މި ރޯދަ މަހު މާލޭ މިސްކިތްތަކުން ފަންކާ ވަގަށް ނެގުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. ރޯދަ މަހު ކުރީކޮޅު ދަރުމަވަންތަ މިސްކިތުން ދެ ފަންކާއެއް ވަގަށް ނެގިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!