ދިވެހިން ބޭނުންވަނީ ރައީސް މުއިއްޒު އަޒުލުކުރަން: މާރިޔާ
ދިވެހިން ބޭނުންވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރުމަށް ކަމަށާއި އެކަން ކުރަން ޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެއެވެ.
މާފަންނުގައި ރޭ އެމްޑީޕީން ބޭއްވި ކެމްޕެއިނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ, ކެމްޕެއިނަށް އަތޮޅުތެރެއަށް ކުރަމުން އަންނަ ދަތުރުތަކުގައި ވެސް ރައްޔިތުން ދައްކަނީ އެ މަންޒަރު ކަމަށެވެ.
ރައީސް މުއިއްޒު އަޒުލުކުރަން އެބަ ޖެހޭ. އެއީ މިއަދު ދިވެހިރައްޔިތުން ބޭނުންވާ ގޮތަކީ, އަޅުގަނޑުމެންގެ ދަތުރުތަކުން ފެންނަމުންދަނީ ވެސް އެ މަންޒަރު. އެކަން ކުރަން ޖެހިއްޖެކަން ރާއްޖޭގެ ރައްޔިތުން އެބަ ގަބޫލުކުރޭ," މާރިޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, މީގެ ކުރިން ވެސް އެ ޕާޓީގެ އިސް ބޭފުޅުން އަނިޔާވެރިކަމާއި ޖަލުގެ ތޭރިތައް ދެކެފައިވާ ކަމަށާއި ނަމަވެސް މިހާ އަވަހަށް އަނިޔާވެރިކަން ދެއްކި ސަރުކާރެއް ނެތް ކަމަށެވެ. ސަރުކާރަށް ހަތަރު މަހެއްހާ ދުވަސް ވާން ވީއިރު, އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ފުލުހަށް "ދެމުމަކީ" އޭގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވިއެވެ.
މާރިޔާ ވިދާޅުވީ މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގައުމު އޮތީ ބިރުވެރިކަމަކަށް ވެއްޓިފައި ކަމަށެވެ.
"ހަތަރު މަހާ ދިހައެއް ނުވޭ. އެ ވަރު ވެސް ކެތްނުވި. ދަމަން ފެށީ ޖަލުގެ ތޭރިތަކަށް. އަނިޔާވެރިކަން އިންތިހާއަށް ހިނގައްޖެ. ބިރުވެރިކަން ފަތުރައިފި. ވަޒީފާގެ ބިރުވެރިކަން އެ ނޫން ބިރުވެރިކަން އެބައޮތް, އާސަންދަ ލިބޭނެ އެއްވެސް ގޮތެއް ނެތް," އޭނާ ވިދާޅުވިއެވެ.
ހުރިހާ ރައްޔިތުން އަދި އެމްޑީޕީ ވިޔަސް ކޮންމެ ޕާޓީއެއް ވެސް ރާއްޖޭގެ ލާބަޔާ މަންފާއަށް އެދޭ ކަމުގައިވާ ނަމަ ރައީސް މުއިއްޒު އަޒުލުކޮށް, މި ދައުރު ތެރޭގައި ވީހާ ވެސް އަވަހަކަށް ވަކިކުރަން ޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގައުމުގެ މިސްރާބު ހަމަހަމަމަގަަށް އެޅުވެން އޮތީ އެ މަގުން ކުރިއަށް ގެންގޮސްގެން ކަމަށެވެ.
ްދިވެހިން ބޭނުންވަނީ މާރިޔާ ގަންހިންގަން
ދިވެހިން ބޭނުންވަނީ މާރިޔާ އަޒުކުރަން މިޤއުމުން