ޚަބަރު

މަނީގްރާމް އާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކަށް ފައިސާ ފޮނުވުމުގެ ޚިދުމަތް އުރީދޫން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އުރީދޫގެ އެމް-ފައިސާ އާއި މަނީގްރާމް އިންޓަރނޭޝަނަލް ގެ ޕާޓްނަރޝިޕާއެކު، އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ފަށައިފިއެވެ.

Ads by STELCO

މި އެއްބަސްވުމުގެ ދަށުން އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ހިސާބުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންގެ ބެންކު އެކައުންޓް، މޮބައިލް ވޮލެޓު ނުވަތަ މަނީގްރާމްގެ އޭޖަންޓެއް މެދުވެރިކޮށް ނަގުދު ފައިސާ ނެގޭގޮތަށް ފޮނުވިދާނެއެވެ. މިއީ ފައިސާ ލިބޭ ފަރާތް ދިރިއުޅެމުންދާ ގައުމުގައި ލިބޭ ޚިދުމަތަށް ރިއާޔަތް ކޮށްފައެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ މަނީގްރާމް ފަދަ ތަޖުރިބާކާރު ފިންޓެކް އިނޮވޭޓަރަކާ އެކު މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި ޑިޖިޓަލް ރެމިޓެންސް ހިދުމަތަކީ ދިވެހިންނާއި ބިދޭސީންނާއި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ފަސޭހަކަމާއި ރައްކާތެރިކަމާއެކު އެނބުރި ގައުމަށް ގޮސް އާއިލާތަކަށް ފައިސާ ފޮނުވުމުގެ ވަރަށް މުހިންމު ކަންކަމަށް ހައްލެއް ގެނެސްދޭ ހިދުމަތެކެވެ.

ޑަލަސްގައި ހުންނަ މަނީގްރާމް އަކީ ކުރިއަރަމުން އަންނަ އަދި ކުރިއަރާފައިވާ މާކެޓުތަކުގައި ރީޓެއިލް ލޮކޭޝަންތައް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު އެއް މަނީ ޓްރާންސްފާ ނެޓްވޯކް ހިންގަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން އެކުންފުނީގެ ޒަމާނީ، މޮބައިލް އަދި އޭޕީއައި ޑްރައިވް ޕްލެޓްފޯމްގެ ބޭނުން ހިފައިގެންދަނީ ކަސްޓަމަރުންނަށް ހެޔޮ އަގުގައި މާލީ ގުޅުމެއް ފޯރުކޮށްދެމުންނެވެ.

މަނީގްރާމުން ޑިޖިޓަލް ވިޔަފާރި ހަލުވިކަމާއެކު ކުރިއަރައި، ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ފިންޓެކް، މޮބައިލް ޕްރޮވައިޑަރުން، ރީޓެއިލަރުން އަދި މާލީ އިދާރާތަކާ އެކު ޕާޓްނާޝިޕްތަކެއް ގާއިމުކޮށްފައި ވެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށާއި ހިޖުރަވެރިންނަށް ޚަރަދުކުޑަގޮތެއްގައި ޢާއިލާއަށް ފައިސާ ފޮނުވުމާއި، ބިލްދެއްކުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.

ރާއްޖޭގައި މީގެ ކުރިން މަނީގްރާމްގެ ހިދުމަތްތައް ދެމުން އައީ ބައެއް އެޖެންޓް ލޮކޭޝަންތަކަށެވެ. އެމް-ފައިސާ އިންޓަގްރޭޝަނަކީ މަނީގްރާމްގެ ފުރަތަމަ މޮބައިލް ވޮލެޓް ޕާޓްނަރޝިޕެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!