Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވައިގެ ދަތުރާ ގުޅޭ މައްސަލަތައް ރިޕޯޓް ކުރެވޭ ޕްލެޓްފޯމެއް

ވައިގެ ދަތުރާ ގުޅޭ މައްސަލަތައް ރިޕޯޓް ކުރެވޭ ޕްލެޓްފޯމެއް

އޭވިއޭޝަން ސެކިއުރިޓީ ކޮންފިޑެންޝަލް ރިޕޯޓިންގ ސިސްޓަމް ގާއިމްކޮށްފިއެވެ.

ދިފާއީ ވުޒާރާއިން މިއަދު އާންމުކުރި ސާކިއުލާގައި ބުނީ، އެ ސިސްޓަމަކީ، ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ހެދިފައިވާ ސިސްޓަމެއް ކަމަށެވެ.

މި ސިސްޓަމު މެދުވެރިކޮށް، މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް ނުރަނގަޅު އަސަރެއްކޮށްފާނެ ކަމަށް ބެލެވޭ ކަމެއް ނުވަތަ ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފުކަމެއް ރާއްޖޭގެ ވައިގެ ބަނދަރުތަކާއި، މަތިންދާ ބޯޓުތަކުގައި ދަތުރުވެރިއަކަށް ނުވަތަ އާންމު ރައްޔިތަކަށް ފާހަގަވެއްޖެނަމަ އެކަން އޭވިއޭޝަން ސެކިއުރިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) ގެ ސަމާލުކަމަށް ގެނައުމަށް އެންގޭނެއެވެ.

Advertisement
Allied — Dhen Online (box)

އެ ވުޒާރާއިން ބުނީ، މި ނިޒާމް ފަރުވާކުރެވިފައިވަނީ ރިޕޯޓް ކުރާފަރާތް ބޭނުންވެއްޖެ ހާލަތެއްގައި ވަނަވަރު ހާމަނުކޮށް ރިޕޯޓް ކުރެވޭ ގޮތަށެވެ.

މި ނިޒާމް ބޭނުންކުރުމަށް އެ <a href="https://www.gov.mv/dv/organisations/ministry-of-defence">ވުޒާރާގެ ވެބްސައިޓް</a> ގައި "ކޮންފިޑެންޝަލް ރިޕޯޓިންގް"ގެ ނަމުގައިވާ ލީފްލެޓްގައި ލިންކެއް ހާއްސަކުރެވިފައިވާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް