ޚަބަރު

ތަރައްގީ ތާށިވިޔަ ނުދިނުމަށް، މާވަށު ގޮނޑި ރައީސަށް ވެދުމަށް އަރުވަން ޖެހޭ: ސައީދު

މުޙައްމަދު އަރީޙް ، ދެން އޮންލައިން
މިނިސްޓަރު ސައީދު ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ދެން

(ލ. މާވަށް) ކުރިމަތި ލާފައި ހުރީ ކާކުތޯ ނުބަލާ, މާވަށު ދާއިރާގެ ގޮނޑި, ސަަރުކާރުުގެ ކެނޑިޑޭޓަށް ކާމިޔާބުކޮށްދޭން މަސައްކަތް ކުރަން ޖެހޭ ކަމަށާއި, އެ ދާއިރާގެ ގޮނޑިއަކީ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާ ގޮނޑިއެއް ކަމުގައި ހައްދަވައިދެއްވުމަށް އެ ދާއިރާގެ ކުރީގެ, މެންބަރު, އިކޮނިމިކް މިނިސްޓަރު އަޙްމަދު ސައީދު ވިދާޅުވެއެވެ.

Ads by Sosun Fihaara

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވި ވަޑައިގެންނެވި, ރައްޔިތުންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ, މިއަންނަ މަޖިލިސް އިންތިޚާބުގައި ވޯޓްލާއިރު ރައްޔިތުން ވިސްނަންވީ ތަރައްޤީ ގެނެވޭނެ ފިކުރަކަށް ކަމަށެވެ. އެގޮތުން އެ ފިކުރުުގެ މީހަކު އިންތިޚާބު ކުރުމަށް ގޮވާލެއްވިއެވެ.

"ހަގީޤަތުގައި މި ގޮނޑި މުހިންމުވަނީ އައްސަދުއްالله އަކަށް ނޫން. މިއީ އައްސަދުއްلله ގެ ގޮނޑިއެއް ނޫން. އަދި އަޅުގަނޑުމެން ވަކި މީހެއްގެ ގޮނޑިއެއް ނޫން. މި ގޮނޑިއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މާވަށު ދާއިރާއިން, މާވަށް, ކުނަހަންދޫ, ހިތަދޫން ދެއްވާ, ވެދުމަށް އަރުވާ ގޮނޑިއަކަށް ވާން އެބަޖެހޭ." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ, ކޮންމެ ވެރިކަމެއްގައި ވެސް މާވަށަށް އަޅާނުލެވި ދޫކޮށްލާ ކަމަށާއި އަމަލާއި ބަހުން މާވަށް ތަރައްްޤީ ކުރާނެ ވެރިޔަކީ ޑރ. މުޢިއްޒު ކަމަށެވެ. އަދި އެކަން ކުރަން ދާއިރާގެ ގޮނޑި ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

"ތިބޭފުޅުން ބޭނުންވާ ކަންކަމުގެ ވާހަކަ ވަރަށް ތަފްސީލްކޮށް ދެއްކެވި. ނުވާ ކަމަކީ މާވަށަށް ތަރައްޤީއައުން. މިކަމުގައި މާވަށުގެ ރައްޔިތުން ބޭނުންވާނީ ތަރައްޤީއާއެކު ކުރިޔަށްދާން" ސައީދު ވިދާޅުވިއެވެ.

"ކީއްކުރަންތޯއޭ އަޅުގަނޑުމެން, ސަރުކާރު ބޭނުންވާ މިސްރާބުން އެހެން މިސްރާބަކަށް ގެންދިއުމަށް ބޭނުންވާ ބަޔަކަށް ގޮނޑިއެއް ދޭންވީ. މާވަށް އެއަށްވުރެ ހިކުމަތްތެރިވާންވާނެ, މި ދާއިރާ އެއަށްވުރެ ހިކުމަތްތެރިވާންވާނެ"

ސައީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, މި ގޮނޑި ރައީސްއަށް އަރުވައިފިނަމަ ފަސޭހަ ކަމާއެކު ތަރައްޤީ އަންނާނެ ކަމަށާއި ނޫންނަމަ ތިބެން ޖެހޭނީ ތަރައްޤީއާއެކު ފިތިފައި ކަމަށެވެ.

"އެބޭފުޅުންގެ އެބަ އޮވޭ ވިޕްލައިނެއް ކަންކަމުގައި. ކަން ކުރަންވީ ޖުމްލަ ޕާޓީން. އޮންނައިރު އެ މެންބަރު އަދި ރަށަށް ކިތަންމެ ކަމެއްކޮށްދޭން ބޭނުން ވިޔަސް, އެކަމެއް ނުވާނެ ވިޕްލައިންއާ ޚިލާފަށް" ސައީދު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!