ޚަބަރު

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މާވަށުން 30 ހެކްޓަރުގެ ބިން ހިއްކަނީ

މުޙައްމަދު އަރީޙް ، ދެން އޮންލައިން
ރައީސް މާވަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ދެން

(ލ. މާވަށް) ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ލ. މާވަށުން 30 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް މިހެން ވިދާޅުވީ, ހައްދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު  މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްރަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެމައްސަލަ ހައްލުކުރަން ސަރުކާރުގެ ޕްލޭން އެބައޮތް ކަމަށެވެ. އެގޮތުން ބިން ހިއްކުމާއި, ހައުސިން މަޝްރޫއުތަކާއި ހައުސިން ލޯނުތައް ދިނުމަކީ ސަރުކާރުގެ ސިޔާސަތުތައްކަން ފާހަގަ ކުރެއްވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރަން ނިންމާފައިވާ ކަންކަން ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ވިދާޅުވީ, މިހާރުގެ ބަޖެޓަކީ ކުރީ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެއްކަމަށާއި، އެހެންކަމުން އެމަނިކުފާނު ބޭނުންފުޅުވި ހުރިހާ މަޝްރޫޢެއް ބަޖެޓުގައި ނުހިމެނުނު ކަމަށެވެ. ނަމަވެސް މި ޖޫން މަހު މި ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ފެށިގެންދާނެ ކަމަށާއި, އޭރުން މާވަށުގެ ބިމުގެ ޖާގައަށް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ގިނަ ރަށްރަށުގައި ބިމެއް ނެތް. ބޯހިޔާވަހިކަމަށް ގޯތި ދޭން ނޫނީ މަޝްރޫޢު ހިންގަން ބިން ބޭނުންވާނެ. ކުރިން އޮތީ ތިބޭފުޅުންނަށް 15 ވަރަކަށް ހެކްޓަރުގެ ބިން ހިއްކުން. ރައްޔިތުން ބޭނުންވަނީ އިތުރުކުރަން އަދި އަޅުގަނޑުވެސް ބޭނުމީ އެގޮތް. އިރާދަކުރެއްވިއްޔާ 30 ހެކްޓަރުގެ ބިން ހިއްކާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް މާވަށުގައި ވިދާޅުވި ވައުދުތައް

  • މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން
  • އުދަ އެރުމަށް ހައްލެއް ގެނައުމަށް މަޝްރޫއެއް
  • ގެދޮވެރި ކަމުގެ ހައުސިން މަޝްރޫއުތައް
  • 5 ޕަސެންޓް ކުޑަ އިޓްރެސްޓް ލޯން
  • 30 ހެކްޓަރުގެ ބިން ހިއްކުން

Ads by Allied Insurance
  1. ހެޔޮނުވާނެއޭ

    މުއިއްޒު އަކީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ މިއުޑު ދަށުގައި އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު އަކީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ މިއުޑު ދަށުގައި އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު އަކީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ މިއުޑު ދަށުގައި އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު އަކީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ މިއުޑު ދަށުގައި އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު އަކީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ މިއުޑު ދަށުގައި އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު އަކީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ މިއުޑު ދަށުގައި އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު އަކީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ މިއުޑު ދަށުގައި އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު އަކީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ މިއުޑު ދަށުގައި އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ