Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގާދޫ މެރިޓައިމް ހަބާއެކު ޑޮލަރުގެ މައްސަލަ ހައްލުވާނެ: ވަޖީހު

ގާދޫ މެރިޓައިމް ހަބާއެކު ޑޮލަރުގެ މައްސަލަ ހައްލުވާނެ: ވަޖީހު
ލ. ގާދޫގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމްކުރުމުގެ ސަބަބުން ޑޮލަރުގެ މައްސަލަތަކާއި، ވަޒީފާގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ. ގާދޫގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމުކުރުމަށް ރޭ ވަނީ ޗައިނާ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެމްޕީއެލްއާއި ސީއޭއެމްސީއީ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން ގިނަ ޕްރޮޖެކްޓްތަކެއް އެ އަތޮޅުގައި ހިންގަން ވަނީ ނިންމާފައެވެ. އެގޮތުން، ކްރޫޒް ޓާމިނަލްގައި ކަސްޓަމްސް އާއި އިމިގްރޭޝަނާއި ޑިއުޓީފްރީ އަދި އެ އަތޮޅުގެ ރަށްތަކަށް ދެވޭ 'ޓާޝަލް' ހަބެއްގެ އިތުރުން ޔޮޓް މެރީނާއަކާއި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ. މި ޕްރޮޖެކްތްތައް ނިމުމުން އެ އަތޮޅަށް ލިބޭނެ ކުރިއެރުމާއި ގުޅިގެން "ދެން" އަށް އިންޓަވިއު ދެއްވަމުން އޭނާ ވިދާޅުވީ، މެރިޓައިމް ހަބުގައި ހަ ކޮމްޕޮނެންޓެއް ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން އެއް ހިދުމަތަކީ ބަންކަރިންގް ކަމަށާއި، އޭގެ ސަބަބުން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ބަންކަރިންގެ ހިދުމަތް ހޯދާއިރު، ފައިސާގެ މުއާމަލާތްތައް ކުރެވޭނީ ޑޮލަރުން ކަމަށެވެ.  އެހެންކަމުން އެތަނުގައި މަސައްކަތްކުރާ ފަރާތްތަކަށް މުސާރައިގެ ވަކިވަރެއް ޑޮލަރުން ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެެވެ.
"ބަންކަރިންގްގެ ހިދުމަތް ދެވޭއިރު ޓްރާންސެކްޝަންތައް ހެދިގެންދާނީ ޔޫއެސްޑީއިން. އެހެންވީމަ އެ ހިދުމަތުގަ އުޅޭ މީހުންނަށް އަޅުގަނޑަށް ގަބޫލުކުރެވޭ މުސާރައިގެ ކޮންމެސް އެއް ބައެއް ނަމަވެސް، ޔޫއެސްޑީއިން އަންނާނެ ކަމަށް. އެހެންވީމަ އެއީ ވަރަށް ބޮޑު ފައިދާއެއް. ދެން ވަރަށް ގިނަ ބަޔަކަށް އެ ހިދުމަތުން ވަޒީފާ ލިިގެންދާނެ،"
މީގެ އިތުރުން އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، ކްރޫޒް ޓާމިނަލް ގާއިމްކުރެވުމުން ބޮޑެތި މަނަވަރުތައް އަންނާނެ ކަމަށާއި، އޭގެ ސަބަބުން ރަށުގެ އިގްތިސާދަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ. އެއީ އިތުރު ވިޔަފާރިތައް ހުޅުވިގެންދާނެ ފުރުސަތެއްކަން ފާހަގަކުރެއްވިއެވެ. ފޮނަދު އާއި ގާދޫ ދެމެދުގައި ކޯޒްވޭއެއް ގާއިމްކުރަން ވެސް މި ސަރުކާރުން ވަނީ ނިންމާފައެވެ. ކޯޒްވޭއިން ދެރަށް ގުޅުމުން، ގާދޫގައި މަސައްކަތްކުރާ މުވައްޒަފުންގެ އެކޮމަޑޭޝަން ހަމަޖެހިފައިވާނީ ފުނަދޫއިންކަން ވަޖީހު ފާހަގަކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް