ޖޭއެސްސީ ގައި އިންނަވާ އަސްލަމް ވިދާޅުވީ ޔާމީންގެ ހުކުމް ލަސްވާ ސަބަބު ބައްލަވާނެ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑިޝަލް ސާވީސް ގައި އިންނަވާ، މުހައްމަދު އަސްލަމް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ހުކުމް ލަސްވާ ސަބަބު އެ ކޮމިޝަނުން ބައްލަވާނެ ކަމަށް މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އައްޑޫ ކެންޑިޑޭޓުންނާއެކު ބޭއްވި ކެމްޕޭނު ބައްދަލުވުމެއްގައި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ އަސްލަމް ވިދާޅުވީ، ޔާމީންގެ ޝަރީއަތްތަކުގެ އަޑުއެހުންތައް ނިމި، ހުކުމަކާއި ހަމަޔަށް ނުގޮސް ލަސްވާ ކަމަށެވެ. އެންމެ ފަހުން ޔާމީނުގެ ޝަރީއަތެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.
އަސްލަމް ތުހުމަތު ކުރެއްވި ގޮތުގައި އެ މައްސަލައިގެ ހުކުމްނުކޮށް ދިގުލައިގެންދާކަމުން ދޭހަވަނީ ސަރުކާރުން ޔާމީންގެ ޝަރީއަތަށް ''އަތްބާނާ'' މިންވަރު ކަމަށެވެ.
އަޅުގަނޑު ތި ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ރައީސް ޔާމީންގެ ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީން ބެލުމަށްޓަކައި، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކޮމިޝަން އިންނާތީ މާދަމާ އެ މައްސަލަ މަޖިލީހަށްލާނަމޭ، ބަލުވާނަމޭ
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި، ދެ މުއާމަލާތެއްގެ ތަހުގީގު ނިންމައި ޔާމީންގެ މައްޗަށް ދައުވާކޮށްފައިވެއެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލާގައި ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ. އެ މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ.
އެ ހުކުމް އިސްތިއުނާފުކޮށް ހިންގި ޝަރީއަތް ހައިކޯޓުގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ނޮވެމްބަރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ މައްސަލައިގެ ފަހު ބަސް އިއްވުމެވެ. ދެން އޮންނަނީ ހުކުމް އިއްވުމެވެ.
ނަމަވެސް ހުކުމުގެ އަޑުއެހުން ތާވަލުކުރުން އަދި ލަސްނުވާ ކަމަށް ހައިކޯޓުން ބުނެފައިވެއެވެ.
ޢަސްލަމްް މިހާރު ޔާމީނު ދެކެ ހާދަ ޅޯބެކޭ ތިވަނީ! 5 އަހަރު ޖަލުގަ ބާއްވައިގެން ކީއްކުރީ؟ އޭރު އޮތީ ބޮދާފަ ދޯ.