ކަނޑަށް ކުނި އުކާލައިދޭނެ ބަޔަކު ކުޑަހުވަދޫ ކައުންސިލުން ހޯދަނީ!

ދ. ކުޑަހުވަދޫ ވޭސްޓް މެނޭޖަމަންޓް ސެންޓަރަށް ގެންދާ ކުނިވާޒާތުގެ ތަކެތި ކަނޑަށް އުކާދޭނެ ބަޔަކު ހޯދަން ފަށައިފިއެވެ.
ކުޑަހުވަދޫ ކައުންސިލުން ސަރުކާރުގެ <a href="https://www.gazette.gov.mv/iulaan/285037">ގެޒެޓުގައި</a> މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ކައުންސިލުން ދޫކުރާ ފުރިހަމަކުރުމަށް ފަހު މި މަހުގެ 16 ވާ އަންގާރަ ދުވަހުގެ ކުރިން ހުށަހެޅޭނެ ކަމަށެވެ.
ކަނޑަށް ކުނި އުކަލާދޭނެ ބަޔަކު ހޯދަން ކައުންސިލުން އިއުލާންކޮށްފައިވާއިރު ކުނި މެނޭޖްކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ކުނި އެޅުމަށް ހާއްސަކޮށްފައިވާ ތަނަކަށް ނުވަތަ އެއްޗަކަށް މެނުވީ އެއްވެސް ފަރާތަކުން ކުނި އެޅުމަކީ މަނާކަމެކެވެ.
އެ ގާނޫނުގެ 61 ވަނަ މާއްދާގައި އެ ގަވާއިދަ ހިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފައިވެއެވެ.





ކޮމެންޓް