Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މެންބަރުން އައްޔަންކޮށްފި

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މެންބަރުން އައްޔަންކޮށްފި

ރައީސް ޑރ މުހައްމަދު މުއިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް، ބޭފުޅުން މިއަދު އައްޔަންކުރައްވައިފިއެވެ.

އެބޭފުޅުން މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ ޏ.ފުވައްމުލައް، ދަޑިމަގު. ގްލޯރީގެ އިސްހާގު ހުސައިނެވެ.

Advertisement
Allied — Dhen Online (box)

އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ނައިބު ރައީސްކަމަށް، އައްޔަންކުރައްވާފައި ވަނީ ޅ.ހިންނަވަރު، ހިޔާވަހި ފާތިމަތު މަހީރާ މުހައްމަދެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް، ހުޅުމާލެ ހިޔާ 04-21-8 ޝަހީމާ ސަލީމާއި ގއ.ގެމަނަފުށި، ފެހިކުރި އިޝާރާ އަބްދުލް އަޒީޒު އަދި ދަފްތަރު ނަންބަރު ދރ 265 ސައުސަން އަލީވެސް ވަނީ  އައްޔަންކުރައްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަކީ ވަޒީފާއާބެހޭ ގާނޫނުގެ 85 ވަނަ މާއްދާގެ (ހ) ގެ ދަށުން 2008 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 29 ވަނަ ދުވަހު އުފައްދަވާފައިވާ މުއައްސަސާއެކެވެ.

އެ ޓްރައިބިއުނަލުގެ އަމާޒަކީ، ވަޒީފާގެ މާހައުލުގައި، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އުފެދޭ މައްސަލަތަކާއި، ވަޒީފާއާބެހޭ ގާނޫނާއި އެހެންވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް ލުއިފަސޭހަކޮށް ބަލައި ނިންމުމެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް