Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާފަރުފަޅު، މަހިބަދޫ އިހުތިސާސްގެ ތެރޭގައި ހިމަނައިފި

މާފަރުފަޅު، މަހިބަދޫ އިހުތިސާސްގެ ތެރޭގައި ހިމަނައިފި

އަރިއަތޮޅު ދެކުނުބުރީ "މާފަރުފާޅު" އެއީ އދ. މަހިބަދޫގެ ބައެއް ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

މާފަރުފަޅު އެއީ މަހިބަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެމަނިކުފާނަށް ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ސޮއިކުރައްވާ ނެރުއްވި ގަރާރަކުންނެވެ.

މަހިބަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހި ކަމުގެ މައްސަލައަށް ހައްލު ގެނައުމަށް އެ ރަށުގެ ބިން އިތުރުކުރުމަށްޓަކައި މާފަރުފަޅު، މަހިބަދޫގެ އިހްތިސާސް ތެރޭގައި ހިމަނައި ހައުސިން މަޝްރޫތަކަށް ބޭނުންކުރެއްވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.

Advertisement
Allied Insurance — Square (box)

މަހިބަދޫގައި ބާވެ ވީރާނާވެފައި ހުރި އިމާރާތްތަށް ތަޅާލުމަށް ފަހު އެތަންތަނުގައި ހައުސިން ޔުނިޓު އަޅުއްވާދެއްވާނެކަމަށްވެސް ރައިސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް