ޔާމީންގެ ތާއީދާއެކު ނިކުތް ހުރިހާ ކެނޑިޑޭޓުންނަށް ނާކާމިޔާބީ!

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ތާއިދާއެކު މިއަދު ބޭއްވި މަޖިލިސް އިންތިހާބުގައި ވާދަކުރި އެއްވެސް ކެނޑިޑޭޓަކަށް ގޮނޑި ކާމިޔާބުނުކުރެވި، ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.
ޕީއެންއެފް ރެޖިސްޓްރީ ނުކުރެވި އޮތުމުން ޔާމީންގެ ތާއިދާއެކު ޕީއެންއެފްގެ ކެންޑިޑޭޓުން ކުރިމަތިލީ އަމިއްލަ ގޮތުންނެވެ. ޔާމީނުގެ ތާއީދާއެކު މިއަދު ބޭއްވި އިންތިހާބުގައި 35 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.
ކޮރަޕްޝަން އާއި މަނީލޯންޑްރިގެ ކުށުގައި ޔާމީނަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން ބާތިލު ކުރުމާއެކު ޕީއެންއެފްގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް ކެމްޕޭން ކުރެއްވިއެވެ.
އެގޮތުން އެމަނިކުފާނު ވަނީ، ކެމްޕޭން ދަތުރުފުޅެއްގައި އެ ޕާޓީގެ ޓީމާއެކު ފުވައްމުލަކަށް ވަޑައިގެންފައެވެ.
ޕީއެންއެފުން، އެމްޑީޕީގެ ޓިކެޓުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރާ ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު ނަޒްރާ ނަސީމް (ނަޒޫ) އަށް ތާއިދުކުރިއެވެ.
ކޮބާ ޔާމީނުގެ ފޮޓޯ؟