ޑިމޮކްރެޓްސްގެ ރައީސަށް ގޮނޑި ދިފާއު ނުކުރެވުނު، އޮތީ އެންމެ ފުލުގައި!

އިއްޔެ ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ނާކާމިޔާބުވެ ވަޑައިގެންފިއެވެ.
ހަސަން ވާދަކުރެއްވީ އޭނާ މިހާރުވެސް ފުރުއްވަމުން ގެންދަވާ ހެންވޭރު ހުޅަނގު ދާއިރާއަށެވެ. އެ ދާއިރާއަށް ފަސް ކެނޑިޑޭޓުން ކުރިމަތި ލެއްވިއިރު ހަސަން ލަތީފަށް ލިބިވަޑައިގަތީ ފަސް ވަނައެވެ.
ހެންވޭރު ހުޅަނގުގެ ގޮނޑި ނަގާފައިވަނީ އަލީ އިބްރާހީމެވެ. އެއީ ވޯޓް ލީ މީހުންގެ 40.4 އިންސައްތައާއެކުއެވެ. އަލީއާ އެންމެ ގާތް ކުރީ ރައީސް ޔާމީންގެ ސަޕޯޓާއެކު ނިކުތް ނާއިފް ސައުކަތެވެ. ތިންވަނަ ލިބުނީ އެމްޑީޕީގެ މާޒް ސަލީމަށެވެ. ހަތަރު ވަނައިގައި އޮތީ ޖޭޕީގެ އަމީނެވެ.
އެންމެ ފުލުގައި އޮތް ހަސަންއަށް ލިބިވަޑައިގަތީ 123 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 7.94 އިންސައްތައެވެ.