Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މިއަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި

މިއަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި

މި އަހަރުގެ އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުތައް މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 13 އަށް ކުރިއަށްދާ އިމްތިހާނުތަކުގައި މި އަހަރު 7500 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ.

އެއީ އައިޖީސީއެސްއީ ހަދާ 7،155 ކުދިންނާއި އެސްއެސްސީގައި ބައިވެރިވާ 346 ކުދިންނެވެ.

Advertisement
Allied — Dhen Online (box)

މިއަހަރުގެ އިމްތިހާނު ފެށިއިރު, ސަރުކާރުން ވަނީ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭނެ ކަމަށާއި އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިދީފައެވެ.

މަޖުބޫރު ހަތަރު މާއްދާ، އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސީގައި ގްރޭޑް 10 ނިންމާ ހުރިހާ ދަރިވަރުން ބައިވެރިވާން ޖެހޭ ގޮތަށް ނިންމީ ރާއްޖޭގެ ސްކޫލުތަކުގައި ތައުލީމު ހާސިލް ކޮށްގެން ނިކުންނަ ކޮންމެ ދަރިވަރަކީ ތައުލީމީ ގޮތުން ހާސިލް ކުރަން ކަނޑައެޅިފައިވާ މިންވަރަށް ހާސިލް ކޮށްފައިވާ ދަރިވަރަކަށް ހެދުމަށް ކަމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

އެކަޑަމެކް ކަލަންޑަރަށް ގެނައި ބަދަލާއެކު, މީގެ ކުރިން އޮކްޓޯބަރު/ނޮވެމްބަރުގައި ހަދަމުން އަންނަ އޯލެވެލް އިމްތިހާނުތައް ހަދަމުން އަންނަނީ މެއި/ޖޫން ގަ އެވެ. ނަމަވެސް މި ސަރުކާރުން އަނެއްކާ ވެސް އެކަޑަމެކިކް ކަލަންޑަރު ބަދަލުކުރުމުން އަންނަ އަހަރުގެ އިމްތިހާނު ހަދާނީ އޮކްޓޯބަރު/ނޮވެމްބަރުގައެވެ,

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް