ޚަބަރު

ސައުދާގެ ކާމިޔާބީ ފާހަގަކުރަން ހަވާ އަރުވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށް ނިލަންދޫ ދާއިރާ އަށް އިންތިހާބުވެވަޑައިގެންނެވި ފާތިމަތު ސައުދާގެ ކާމިޔާބީ ފާހަގަކުރުމަށް އެ ދާއިރާގެ ދެ ރަށުގައި މިރޭ ހަވާ އަރުވައިފިއެވެ.

Ads by MWSC

މިއަދު, ސައުދާ ނިލަންދޫއަށް ވަޑައިގެންނެވުމުން ބަނދަރު މަައްޗަށް އެ ރަށުގެ އެތައް ބަޔަކު ނުކުމެ، ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

އަދި އިއްޔެ އެ ދާއިރާގެ ދެވަނަ ރަށް ކަމަށްވާ ދަރަނބޫދޫ އިން ވެސް ސައުދާ އަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ދެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރަން ގޭގެއަށް ސައުދާ ޒިޔާރަތްވެސް ކުރެއްވިއެވެ. ނިލަންދޫ އާއި ދަރަނބޫދޫ ގައި ހަވާއަރުވާފައިވަނީ 5 މިނިޓަށެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކޮއްކޮފުޅު ސައުދާ، ނިލަންދޫ ދާއިރާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވި ބޮޑު ތަފާާތަކުންނެވެ.

ސައުދާއަށް 1137 ވޯޓު ލިބިވަޑައިގެންނެވިއިރު އޭނާއާ ވާދަކުރި އަހުމަދު ރަޝީދަށް ލިބުނީ 620 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރި އަހުމަދު ރަޝީދާ ސައުދާއާ ދެމެދު 517 ވޯޓުގެ ފަރަގެއްވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!