ޚަބަރު

"އަހާ"ގެ ތިން ވަނަ ފޯރަމް މިރޭ!

ރައުފާ ރަޝީދު ، ދެން އޮންލައިން

ދައުލަތުގެ ވަޒީރުންނަށް ރައްޔިތުންނަށް ސީދާ ސުވާލުކުރެވޭ ގޮތަށް މި ސަރުކާރުން ކުރިއަށް ގެންދާ "އަހާ"ގެ ތިން ވަނަ ފޯރަމް މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ.

Ads by STELCO

ރައީސް އޮފީހުން ވިދާޅުވީ ފޯރަމްގައި ބައިވެރިވާނީ ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީނާއި ދާހިލީ ވަޒީރު އަލީ އިހުސާނާއި މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމާއި މައތީ ތައުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާގެ އިތުރުން ޒުވާނުންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު ކަމަށެވެ.

ރައީސް އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ ގުޅިގެން ކުރިއަށް ގެންދާ މި ފޯރަމް އޮންނާނީ މިރޭ 08:30 ގައެވެ.

ވަޒީރުންގެ ޕަބްލިކް ފޯރަމަކީ ސަރުކާރުން ކޮންމެ ދެ މަހަކުން އެއް މަހު ބާއްވާގޮތަށް ނިންމަވާފައިވާ ފޯރަމެކެވެ. މި ފޯރަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވާނެއެވެ.

ވަޒީރުންގެ ޕަބްލިކް ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.

މި ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.

"އަހާ" ގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ ޖެނުއަރީމަހުގެ 25 ވަނަ ދުވަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!